ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދި އާ ވުޒާރާތަކަށް ވަގުތީ ޕަރމަނަންޓް ސެކްރެޓަރީން ހަމަޖައްސައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސި އާ ވުޒާރާތަކަކީ؛

  • ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ – އިސްމާއިލް ރަޝީދު
  • އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ – އަހުމަދު ތަލްހަތު
  • ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ – ފާތިމަތު އަހުމަދު
  • ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ – އިލްޔާސް އަހުމަދު

މީގެއިތުރުން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހަށް ހަމަވުމުން ދާއިމީ ޕަރމަނަންޓް ސެކްރެޓަރީން ހަމަޖައްސާނެ އެވެ.

ޕަރމަނަންޓް ސެކްރެޓަރީންގެ އަސާސީ މުސާރައަކީ 20،500 ރުފިޔާ އެވެ. ލިވިންގް އެލެވެންސްގެ ގޮތުގައި އެމަގާމުގައި ހުންނަވާ ބޭފުޅަކަށް 15،000 ރުފިޔާ ދޭނެއެވެ.