ކަށިކެޔޮ ޑެޒާޓް

0

ކަށިކެޔޮ ޑެޒާޓް

Advertisements

ކަށިކެޔޮ ޑިޒާޓް ހެދުމަށް ބޭނުންވާތަކެތި

10 ވަށް ކަށިކެޔޮ

2 ބޮޑު އިހާ ގަބުޅިލީ ހުނި

1 ދަޅުގެރިކިރު

1 ޖޯޑް ހަކުރު

1 ޖޮޑް ކޯންފްލާ

2 މަތިގަނޑު ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް ފެންފޮދެއް އަޅާށެވެ. ކެކި ގަތުމުން ކަށިކެޔޮ އަޅާލުމަށްފަހު މަޑުކުރާށެވެ. މަޑުވީމާ ގަބުޅި ހުނި ކޮޅުވެސް އެއްކޮށްލާށެވެ. ފެންއަޅާނީ މަޑުވާވަރު ބަލަމުން މަޑުވެ ނިމޭއިރު ފެންފޮދު އުކާލަން ނުޖެހޭވަރަށް، އެއީ ރަހަ ފެނަށް ދާނެތީއެވެ. ދެން ހޭންޑް މިކްސާއިން ކުޑަކޮށް ރާޅުކޮށް ހުންނަ ވަރަށް ޗިސްކޮށްލާށެވެ.

ކޯން ފްލާ ކޮޅު ފެންފޮދުގައި އޮލަކޮށް ގިރާލުމަށްފަހު އެއްކޮށްފައި ރޯފިލުމުން ހަކުރު އެއްކޮށްލާށެވެ. ބާލަންވީމާ ކިރާއި އެސެންސް އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.

Advertisements