އިޒްރޭލުގެ އަނިޔާވެރިކަމުގައި ހަނާވެ ނެތިފަނާވަމުންދާ އިސްލާމީ އުންމަތުގެ ފަލަސްތީނުގެ އަހުންނާއި އުހްތުންނަށްޓަކައި، ކުރިއަރަމުން އަންނަ ޓިކްޓޮކް ތަރި އައިޝަތު ރަޝީދާ، "ޕްރިޓީ އައިޝާ" އިސްނަގައިގެން ހިންގާ ފަންޑްރެއިޒިންގ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިރޭ 8:00 ގައި އައިޝާގެ ޓިކްޓޮކް އެކައުންޓުން ލައިވް ކޮށް ގެނެސްދޭ މި އިވެންޓަކީ ވަރަށް ގިނަ ޓިކްޓޮކް ތަރިންވެސް އެދޭ ކަމެކެވެ. "ހަލި" ނޫހަށް މިރޭގެ މި ހަރަކާތާ ބެހޭ ގޮތުން މައުލޫމާތު ދެމުން އައިޝާ ބުނީ މިއީ ފިލްމު އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދާ އިވެންޓެއްކަމަށެވެ.

"ޓިކްޓޮކް ފެޝަންޝޯވއެއް ކުރިއަށްދާތީ އެ ޝޯވގެ ކަންތައްތަކާ ގުޅިގެން ދެއްކި ވާހަކައެއްގެ ތެރޭ ފިލްމުއެސޯސިއޭޝަން އިން ޖާދޫ އާއި ޔޫއްޕެ އަޅުގަނޑުމެން ގާތު އެދުނީ ފަލަސްތީނަށްޓަކައި ފަންނާނުން ކުރިއަށް ގެންދާ އިންސާނިއްޔަތަށްޓަކައި ހަރަކާތާ ޓިކްޓޮކުން ބައިވެރިވެ، ފަލަސްތީނަށް އެހީވުމަށް، އެކަމަކީ އަޅުގަނޑުމެން ޓިކްޓޮކް ކުޅޭ ފަރާތްތައްވެސް ވަރަށް ބޭނުންވެފައި ތިބިކަމެެއްވީމަ، އަޅުގަނޑު ދެންނެވީ އަޅުގަނޑު އިސްނަގައިގެން އެ އިވެންޓް ކުރިއަށް ގެންދާނަމޭ،"

އައިޝާ ބުނި ގޮތުގައި މި އިވެންޓް ފެށޭނީ މިރޭ 8:00 ގައި އައިޝާގެ ޓިކްޓޮކް އެކައުންޓުގައި ކަމަށެވެ. މި ފަންޑްރައިޒިން ހަރަކާތުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން އައިޝާގެ އެކައުންޓަށް އެގަޑީގައި ޖޮއިންވުމަށްފަހު ފަލަސްތީނަށް އެހީ ވެދެއްވަންވީއެވެ.

https://www.tiktok.com/@prittyaish

"ކިތަންމެ ކުޑަ މިންވަރެއް ވިޔަސް ހަދިޔާކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށްވެސް ބޮޑު އެދުމެއް،" އައިޝާ ބުންޏެވެ.

ޝަހީދު ކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ ހަށިތައް އަލް-އަޤްސާ ހޮސްޕިޓަލް ބޭރުގައި

ކަލާފާނު ސުކޫލުގައި ވަޒީފާ އަދާކުރަމުން އަންނަ ގދ ގައްދޫ އަށް އުފަން އައިޝާ ޓިކްޓޮކްއަށް ނުކުތީ 2021 ވަނަ އަހަރެވެ. އެތަކެއް ގިނަ ގޮން ޖެހުންތަކާއެކުވެސް އައިޝާ ޓިކްޓޮކް ވީޑިޔޯތައް އަމިއްލައަށް އެޑިޓް ކުރަމުން އަޕްލޯޑް ކުރަމުން ދަނީ ވަރަށް ކުރާ ހިތްވާ ކަމަކަށްވާތީއެވެ. ޓިކްޓޮކަކީ ހުނަރުތައް ދައްކާލުމަށް ފުރުސަތު ނުލިބޭ އެތައް ފަރާތަކަށް އޮތް ވަރަށް ރަނގަޅު ޕްލެޓްފޯމެކެވެ. މިހާރު ފަންޑްރައިޒިން ހަރަކާތްތައްވެސް އެންމެ ކާމިޔާބުކަމާއެކީ ކުރިއަށް ގެންދާ ޓިކްޓޮކްގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ މިއީ މުޖުތަމައަށް ވަރަށްވެސް ފައިދާ ހުރި ޕްލެޓްފޯމެއްކަން ޔަގީނެވެ.

ފަލަސްތީނަށްޓަކައި މިރޭ ކުރިއަށް ގެންދާ މި އިވެންޓުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީ ވެދިނުމަކީ އައިޝާ އެކޭ އެއްގޮތަށް އެހެން އެތައް ޓިކްޓޮކް ފަންނާނުންގެ ވެސް ވަރަށް ބޮޑު އެދުމެކެވެ.

އިޒްރޭލުން ވަރަށް މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ މުސްލިމުންނަށް ދޭން ފެށި ހަމަލަތައް މެދުކެނޑުމެއް ހުއްޓުމެއް ނެތި ކުރިއަށް ގެންދަނީ އިންތިހާއަށް އަނިޔާވެރި، އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތިއެވެ. ފަލަސްތީނުގެ ގާޒާއާ ދެކޮޅަށް ހިންގަމުން އަންނަ މި ލާއިންސާނީ ގަތުލު އާންމުގައި، އިޒްރޭލުން މިހާތަނަށް 13،300 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް މައުސޫމު ތުއްތު ކުދިންނާއި އަންހެނުންނެވެ.