ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޒަރީން ޚާން ދާދިފަހުން ވަނީ އީ ޓައިމްސް އަށް އިންޓަރވިއުއެއް ދީފައެވެ. އެ އިންޓަރވިއުގައި އޭނާއާ ކުރިމަތި ކުރުވި ބައެއް ސުވާލުތަކަށް އޭނާ ވަނީ މީހުން ޙައިރާންވާފަދަ ޖަވާބު ދީފާއެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ އީ ޓައިމްސްއަށް ދީފައިވާ އިންޓަރވިއުގައި އަމިއްލަ މީހާއާ ބެހޭގޮތުން ފަތުރާނީ ކޮންވާހަކައެއްތޯ ވަނީ ސުވާލުކޮށްފައެވެ. މި ސުވާލަށް ޒަރީން ދީފައިވާ ޖާވާބަކީ ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ޖަވާބެކެވެ. ޖަވާބުގައި ޒަރީން ބުނެފައިވަނީ " ސަލްމާން ޚާން އަހަރެންނާއި ކައިވެނި ކުރަނީ" މިހެނެވެ.

ސަލްމާން ޚާނާއި، ކަރަން ސިންގް ގްރޯވަރ އާއު ގޯތަމް ބޯޑް މިތަރިންގެ ތެރެއިން ކައިވެނި ކުރާނީ ކާކާތޯ ސުވާލު ކުރުމުން ވެސް ޒަރީން ބުނެފައިވަނީ އޭނާ ކައިވެނިކުރާނީ ސަލްމާން ޚާނާ ކަމަށެވެ. އެމީހުންގެ ތެރެއިން މަރާލާނީ ކާކުތޯ އެހުމުން ބުނެފައިވަނީ އެއްވެސް މީހަކު ނުމަރާނެ ކަމަށެވެ. ކަރަން އަދި ގޯތަމް މި ދެތަރިންނަކީ ކައިވެނި ކޮށްގެން ތިބި ތަރިންނެވެ. ހުސްކޮށް ހުރީ ސަލްމާން ޚާން އެކަންޏެވެ.

މީގެ އިތުރުން ޒަރީން ޚާން ވަނީ އޭނާގެ އެންމެ ފުރަތަމަ ފިލްމް ކުޅެން ލިބިފައިވަނީ ސަލްމާންގެ ސަބަބުންކަމަށް ބުނެފައެވެ. އެކަމަށް އޭނާ ޝުކުރުވެރިވާވަރު ބަޔާންކުރަމުން ބުނެފައިވަނީ ސަލްމާން އަބަދުވެސް ވާނީ އޭނާއަށް ޚާއްސަ އަދި ވަރަށް ގާތް މީހަކަށް ކަމަށެވެ.

ޒަރީން ބުނެފައިވަނީ ފިލްމީ ދާއިރާއަށް ވަނުމަކީ އޭނާ ދުވަހަކުވެސް ޚިޔާލު ކުރިކަމެއް ނޫން ކަމަށެވެ. ސަލްމާން ނެތްނަމަ އޭނާ މިދާއިރާއިން ދުވަހަކު ވެސް ނުފެނުނީސް ކަމަށް ބުންޏެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ އޭނާގެ އެންމެ ފުރަތަމަ ފިލްމް ކަމުގައިވާ ވީރްގައި ކުޅުނު ރޯލު ކުޅެން ލިބުނު ސަބަބަކީ ވެސް ސަލްމާން ކަމަށެވެ. އެ ރޯލަކީ އޭނާގެ ޑްރީމް ރޯލެއް ކަމަށް ވެސް ޒަރީން ވަނީ ބުނެފައެވެ.

ޒަރިން ޚާން ވަނީ ހޭޓް ސްޓޯރީ 3 ، ހައުސްފުލް 2 އަދި 1921 ފަދަ ކަމިޔާބު އެތައް ފިލްމެއް ކުޅެފައެވެ.