ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަގުތީ އޮފީހެއް މާލޭގައި ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވީ ރޭ އެ ޕާޓީއާ އާ އަލަށް ގުޅޭ މެންބަރުންގެ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ޖާގައިގެ ދަތިކަމާ ހުރެ އެކަން ހައްލުކުރުމަށްޓަކައެވެ.

ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ރެސްޓޯރެންޓްގެ އިމާރާތުގެ ތިރީގައި މި އޮފީސް ހުޅުވައި އެ ތަނުގައި މިހާރު ވަނީ ޕީއެންސީގެ ނަން ބޯޑު ވެސް ޖަހައިފައެވެ.

މީގެކުރިން ޕީޕީއެމް/ޕީއެންސީގެ މަސައްކަތްތައް ކުރަމުން އައީ ހެންވޭރުގައި ހުންނަ ޕީޕީއެމްގެ ރަސްމީ އޮފީހުގައެވެ.