މޮޅު ވެރިއަކީ އާމްދަނީ އިތުރު ކުރެވޭނެ މަގުތައް ކޮށަން އެނގޭ މީހާ: ނަފާ ނަސީމް

0

މޮޅުވެރިއަކީ، އާމްދަނީ އިތުރު ކުރެވޭނެ މަގުތައް ކޮށަން އެނގޭ މީހާ ކަމަށް، ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.  ނަފާ ނަސީމް މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ނަފާ ނަސީމްގެ ޓްވިޓާރގައި އޭނާ ވިދާޅުވެފައި ވަނީ، މޮޅުވެރިއަކީ ޚަރަދުކުރާނެ ގަޅިކަންކަން ހޯދާ މީހާ އެއް ނޫން ކަމަށާއި، އެއީ ގިނަ ޓެކްސް ތައާރަފްކުރާ މީހާ ނުވަތަ ސިޔާސީ ބިކާރީން ގޮވައިގެން ނާޗަރަންގީ ކުޅޭ މީހާއެއްވެސް ނޫން ކަމަށެވެ.

Advertisements

މޮޅުވެރިއަކީ އާމްދަނީ އިތުރު ކުރެވޭނެ މަގުތައް ކޮށަން އެނގޭ މީހާ އެވެ. އަދި  ސިޔާސީ އިގްތިސާދީ މީހުން ގޮވައިގެން، މަޝްވަރާކުރާ މީހާކަމަށެވެ. އަދި އޭނާ ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ބުނެފައިވަނީ، އިހުތިފާލުތަކާ، ފޯރަމްތަކާ މީޓިންގތަކާ ކޮންފަރެންސްތައް އިތުރުވީމާ ޚަރަދު އިތުރު ވާނެކަމަށާއި، އޮފީސްތަކުގެ މަސައްކަތް ބޮއްސުންލައި، ޕްރޮޑަކްޓިވިޓީ ދަށްވެގެންދާނެ ކަމަށެވެ. ޚަރަދު ބޮޑުވާ ވަރަކަށް ބަޖެޓުބޮޑުވެ އިތުރު ޓެކްސް ބޭނުންވެ އާމްދަނީދަށްވެ، ދަންތުރަ ބުރަށް ވާނެކަމަށެވެ.

ނަފާނަސީމް މިހެން ވިދާޅުވެފައި މިވަނީ ކޮންކަމަކަށް އަމާޒުކޮށް، ކޮން ވެރިއަކަށް ބުނެފައިވާ އެއްޗެއް ކަމެއް ޓްވިޓާއިން ނޭނގެއެވެ. ނަމަވެސް ނަފާނަސީމަކީ، އެމްޑީޕީ ފިކުރުގައި ސިޔާސީ ދާއިރާގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރާ އިނދިކޮޅު ބައެއް ފަރާތްތަކުން، ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ހިންހަމަ ނުޖެހިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދާއިރު، ސަރުކާރުން ބުނަމުން ގެންދަނީ، އިގްތިސާދު ދުޅަހެޔޮ ކަމާއެކު ބާރަށް ކުރިއަށް ދާކަމަށެވެ. ކުރިއަށް ބޮޑެތި ޕްރޮޖެކްޓްތައް ރޭވިފައި ހުރިކަމަށާއި، އަދި މިހާރުވެސް ގިނަ ޕްރޮޖެކްޓް ތަކުގެ މަސައްކަތް ބާރަށް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރިއަށް ދާކަމަށެވެ.

Advertisements
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.