ބޭވަފާތެރި އެކުވެރިޔާ 4

3

4 ވަނަ ބައި

“އަހަރެންނަށް ހީވާކަހަލަ އަހަރެމެންދެކެ ލޯބިވާ މަންމަޔަކު އަހަރެމެންނަށް ލިބުނީޔޭ” ކަރުނަ ވީއަޑަކުން ހިނިތުންވެފަ ޝީތަލް ބުނެލިއެވެ.

Advertisements

ޝީތަލްދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އެމީހާ ބުނެލިއެވެ. “ތިކުދިން ދޫކޮށް ދިއުމަށް އެމަންމަޔަށް މަޖްބޫރީ ޙާލަތެއްވެސް މެދުވެރިވެދާނެއެއްނު،ޝީތަލް. ދަރިފުޅާ އައިމިނަތު ދަރުފުޅާ މިއީ މަންމަ ކަމަށް ބަލައިގަންނާނަންތަ؟”

ޝީތަލްދެއްކި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އެމީހާ ބުނެލިއެވެ. “ތިކުދިން ދޫކޮށް ދިއުމަށް އެމަންމައަށް މަޖްބޫރީ ޙާލަތެއްވެސް މެދުވެރިވެސްވެދާނެ އެއްނު. ޝީތަލް ބުނެބަލަ މިހާރު ޝީތަލް އައިމިނަތު ބުނެބަލަ މަންމަ މީ ކަމަށްވެއްޖެއްޔާ ތިޔަ ކުދިން ބުނާނީ ކީކޭ؟”

އަސަރާއެކު އެއަންހެން މީހާގެ ދުލުން ބޭރުވި މިޖުމްލަތަށް ޝީތަލްގެ ކަންފަތުގައި ގުގުމަންފެށިއެވެ. އައިންތުގެ ލޯވެސް ދިޔައީ ބޮޑުވެގެންނެވެ. ޝައިނާއަށްވެސް ވީއެކަހަަލަގޮތެކެވެ.

ހުރިހާ ކުދިން ބަސް ހުއްޓި އެއަންހެން މީހާއަށް ބަލަހަށްޓައިގެން ތިއްބެވެ.ބުނާނެެއެއްޗެއް ނޭނގިފައެވެ.އޭނާގެ ލޮލުން ފައިބަމުން ދިޔަކަރުނަތަކުން އެނދުގައިވާ ބެޑްޝީޓު ތެމެމުން ދިޔަ މަންޒަރު ޝީތަލް  އާއި ހުރިހާ ކުދިން ކަޅިޖަހާނުލާ ބަލަމުންދިޔައެވެ.  އެމީހުންވެސް އެކަކު އަނެކަކަށް ބަލާލިއެވެ. އޭނާ ރޮނީ ކީއްވެހެއްޔެވެ؟ ޝީތަލް ހިތާހިތާ ސުވާލު ކުރިއެވެ. އެހެނަސް ހިމޭނުން އިނެވެ.

“ތިޔައީ އަހަރުމެންގެ މަންމަ.. މަންމަ ތަ؟” އަޅައަޅައިގަންނަމުން ޝީތަލް ބުނެލިއެވެ.

“ދަރިފުޅާ ޝީތަލް. ތިޔަހީކުރީ ހަމަރަނގަޅަށް. މިއީ ދަރިފުޅުމެންގެ އުފަން ބަދުނަސީބު މަންމަ” އޭނާ ގިސްލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. “މަންމަގެ ވާހަކަ އަޑުއަހާބަލަ. އެބަދުނަސީބު މަންމައަކީ މިއީ. ދަރިފުޅުމެންނަށް ތިޙާލު ޖެއްސަން މަޖްބޫރު ކުރުވި މީހަކީ މިއީ. މިމަންމައަކީ މިއަދު ދަރިން ކާރީ އަގެއްނެތް މީހެއް. ފިރިމީހާއާއި ދަރިންނާ  ދުރުގަ ވޭތުވެދިޔަ އަހަރުތަކާއި ދުވަސްތަކަކީ ހަޔާތުގެ ބަނަ ދުވަސްތަކާއި އަހަރުތަކެއް،ބައްޕަގެ ވިޔާނުދާ އުޅުމާއި މަންމަޔަށް ޤަބޫލެއް ނުކުރެވުނު ބައްޕަ ކޮންމެ މަހަކު އަލަތު އަންބަކު ގެޔަށް ވައްދާ ނުވިތަނަކަށް މަންމަގެ އިއްފަތްތެރިކަން ލޫޓުވާލަން އެކުވެރި ރަހްމަތްތެރިން މަންމަކާރިޔަށްލާ މަންމަގެ އިއްޒަތާއި އަބުރު ނަގާލާ. ކޮންމެ ރެެއަކީ މަންމަ މަރުވާރެއެއް. ކޮންމެ ދުވާލަކީ މަންމަ ބައްޕަ ގެޔަށް ގެންނަ އަންހެންމީހާގެ ޙާދިމެއްގެ ގޮތުގައި މަންމަ ހޭދަކުރަން ޖެހޭ ދުވަހެެއް.ކުޑަ ދެެކުދިން މަންމަގައިގަ އެލިގަނެފަ ރޮއިހަދާ އެހެނަސް މަންމަޔަށް އެމީހުން ލޮއްސަންވެސް ނޫޅެވޭ” ރޮމުން ރޮމުން އެމަންމަ އޭނާގެ ހަޔާތުގެ ހިތި ދާސްތާން އޭނާގެ ކުދިންނަށް ކިޔާދެމުން ދިޔައެވެ.

” އެޒަމާނުގައި ނަސީމް އަހަރެން ގޮވައިގެން ދިޔައީ ދެކުނުގެެ ފަޅުރަށަކަށް މުޅިން އާރަށެއް. އެއްވެސް މީހަކު ނޫޅޭ ފަޅުރަށެއް އެތަނުގައި ހުރި ގެޔަކަށް މަންމަ ލާފަ ބުނީ ހަވީރު އަންނާނަމޯ.މަންމަ ބަނދުލާފަ ބައްޕަ ދިޔައީ އެއީ މީހުން ނޫޅޭ ފަޅު ރަށެއް..  މަންމަ ހަޅޭއްލެވިން އެކަމަކު އެހީވާނެ އެކަކުވެސް ނާދޭ ހީވާގޮތުން އެއީވަރުވާއަށް ބަޔަކު ނަގާފަވާ ފަޅު ރަށެއް ކޮންމެ ދުވަހަކު މަންމަ ކާރިޔަށް ތަފާތު މީހުން އާދޭ ރޭގަޑު އޮންނަނީ ފަޅުކޮށް ކަރަންޓު ނެތީމާ. މަންމަ ބިރުން ހައްޓަކު ހޭނުހުރޭ ދުވާލު އަންނަ މީހާ ބުނަނީ މިއީ ބައްޕަަގެ ރަޙްމަތްތެރިއެކޭ އެމީހުން މަންމަ ގެ ޢިއްފަތްތެރިކަން ލޫޓުވާލާ އެއީ ކޮންކަހަލަ ރަހްމަތްތެރި ކަމެއް. މަންމަ ރޮމުން މުޅި ތަނުގަ ދުވިން އެހީވާނެ އެއްވެސް މީހަކު ނެތި  އެފަޅު ރަށުގައި، އަދި އުޅެވޭނެ އެއްވެސް ގޮތެއް ނެތި. އެމީހުންގެ އަނިޔާ މަންމަ ޔަށް ވަރަށް ބޮޑުވި 6 މަސް ދުވަސް މަންމަ އެތަނުގައި  އެހާލުގަ ހޭދަވި ބައެއްފަހަރު އެމީހުން ކާއެއްޗެތި ގެނެސްދޭ މަންމައަށް މާލެޔަށް ދެވޭނެ އެއްވެސް ގޮތެއް ނެތިފަ ހުރިން.  އެވަގުތު އެރަށަށް އައީ އެރަށުގެ ވެރިމީހާ އެއީ މަންމަ އެހާލުގަ އުޅޭތާ 6 މަސް ފަހުން، އެމީހާ މަންމަޔަށް އެހީވެދިނީ މާލެދިޔުމަށް މަންމަގެ ހުރިހާ ގަހަނާތަށް ދިނުމުން. މަންމަ މާލެ އައިއިރު ބޮޑުދައިތަ ދަރިފުޅުމެން އައްޑުއަށް ގެންގޮއްސި. އޭރު މުޅިރަށުގައި އޮންނަ އަޑަކީ މަންމަ ބައްޕަގެ ރަހްމަތްތެރިޔަކާއިއެކު ފިލައިގެން ދިޔައީއޭ ދަރިންތަށް ދޫކޮށްފަ ފިލީޔޭ. ދަރިފުޅުމެންގެ ހެދުންތަކާއި ކުޅޭ އެއްޗިހި ފެނިފަ މަންމަ އެއެއްޗިހި ނަގައިގެން އޭގައި އޮޅުލާފަ ދަރިފުޅުމެންމަތިން ހަނދާންވެގެން މަންމަ ރޮމުން ހަޅޭއްލަވަމުން ދިޔައިން، އެވަގުތު ބައްޕަގެ އަނބިމީހާ އާއި ބައްޕަ އައިސް މަންމަޔަށް އަނިޔާކުރަމުން ދިޔަ. ދަރިފުޅުމެންގެ އެއްޗިހި މަންމަ އަތުން އަތުލައިގަނެ މަންމަޔަށް އަނިޔާ ކުރި، މަންމަޔަކީ މޮޔައެކޭ ކިޔާފަ .މަންމަ ބޯހާވާލައިގެން ރޮމުން ދުވަމުން ދިޔައިން.އެންމެ ފަހުން އެމީހުން ހެދީ މަންމަމީ މޮޔަ މީހަކަށް ޕޮލިހަށް ގުޅައިގެން މަންމަ މަގުމަތިން ދުވަމުން ދަނިކޮށް އަތުލައިގެނެ ދެން ގެންދިޔައީ ގުރާދޫއަށް އެތަނުގައި ހޭދަވީ ކިތަށް އަހަރު ކަމެއް މަންމަ ހަނދާނެއް ނެތް. އެމީހުންގެ އަނިޔާގެ ސަބަބުން މަންމަޔަށް ވާހަކަ ވެސްނުދެއްކޭ. ގުރާދޫ ހޮސްޕިޓަލުން ތަފާތު ޝޮކްތަށް ދިނުމުގެ ސަބަބުން އަސްލުވެސް މަންމަގެ ސިކުނޑި ސަކަރާތްވި.. މަންމަ ރޮމުން ބުނިން މަންމަޔަކީ މޮޔައެއް ނޫނޭ މަގޭ ކުދިން ދޭށޭ މަގޭ ކުދިން ކޮބާހޭ ކިޔާ އާދޭސް ކުރިން.ރުއިމުގެ ސަބަބުން މަންމަ ހޭނެތޭ ފަހަރު ގިނަވަނީ،އެންމެ ފަހުން އެމީހުން ހެދީ މަންމަ މީ މޮޔަ މީހަކަށް، އެމީހުން އަހަރެން ގެންގޮސް ތަފާތު ޝޮކް ތަކެއް ޖެހުމުން އަހަރެން އަމިއްލަ ނަފުސު މަތިން އަހަރެން ހަނދާން ނެތުނު ޙުދު އަހަރެންނަކަށް ނޭނގޭ އަހަރެންގެ ނަންވެސް އަހަރެންނަކީ ކޮން ރަށެއްގެ ކާކުކަމެއްވެސް ނޭނގޭ ހަނދާން ނުވޭ އޭރު ހީވާގޮތުން 3 އަހަރު ވަރަކަށް ވެއްޖެ ނޫނީ އެއަށްވުރެވެސް ގިނަ ދެން އަހަރުތަކެއް ވަންދެން އެހޮސްޕިޓަލްގައި އޮންނަން ޖެހުނު. އެއްވެސް ވާލެއްއިޔާރެއްނެތިފަ. އަހަރެން އެތަނުގައި މީހުނަށް އެހީވާ މިހެއްގެ ގޮތުގައި މަސައްކަތް ކުރިން،އެވަގުތު އަހަރެންނާ ދިމާވި އެހޮސްޕިޓަލްގެ ޑޮކްޓަރެއް އޭނާގެ ހަމްދަރްދީ އަހަރެންނަށް ލިބުނު އެއީ ޑރ ޝާހްޒާދް ވަރަށް ރަނގަޅު މީހެއް އޭނާގެ މަންމަވެސް އޮތީ މަންމަޔާއެކު މޮޔައިންތިބޭ ތަނުގަ ބާއްވާފަ. އަހަރެން އެ އަންހެން މިހާ ކާންދީ ފެންވަރުވާ ހަދަން މިމަންޒަރު ޑރ ފެނުމުން އަހަރެމެން ދެމީހުން ގެންދިޔައީ އެމީހުންގެ ގެޔަށް މާލެއަަށް. މާލެއައުމަށްފަހު މަންމަ ވަރަށް ހޯދިން ދަރިފުޅުމެން ފެނޭތޯ އެކަމަކު މަންމަޔަށް ދަރިފުޅުމެން އުޅޭތަނެއް ނޭނގޭ، މަންމަ ހުންނަނީ ޑޮކްޓަރާއި އެކު  އޭނާގެ ގޭގައި އޭނާގެ މަންމަ ވެސް ކެންސަރު ބަލީގަ ނިޔާވެއްޖެ އޭގެފަހުން އޭނާ މަންމަ ކިޔަނީ މިމަންމަޔަށް، އަދި ދަރިފުޅުމެން ފެނޭތޯ އޭނާ މަސައްކަތް ކުރަމުންދިޔަ.ކުރިދުވަހެއްގައި ދަރިފުޅު ޝީތަލް މާލޭގެ ޝޮޕަކުން ނިކުތްނަނިކޮށް މަންމަޔާއި އޭނާ އާއި ދެމީހުންނާއި ދިމާވި ޝީތަލް އަކީ ކާކު ކަން މަންމަޔަށް ބުނެދިނީ އޭނާ. އަދި އޭގެ ފަހުން ޝީތަލްގެ ފަސްބަލަމުން ގެޔަށް އައިސް ހޮސްޕިޓަލްގައި ދަރިފުޅު އެޑްމިޓްކުރިކަން އެނގުމުން ކޮންމެ ދުވަހަކު މިތަނަށް މަންމަ ގެެންނަނީވެސް އޭނާ. މިވަގުތު އޭނާވީ ރަށުންބޭރަށް ގޮއްސަ އަންނާނެ ދެދުވަހެއްގެ ތެރޭ..”

ފަރީދާ ލޮލުން ހޯސްލާފަ ކަރުނަ އަންނަމުންދިޔައެވެ.އައިމިނަތު ގޮސް މަންމަގައިގަ އޮޅުލައިގަތެވެ.އެމީހުންގެ ލޮލުން އޮހެމުން ދަނީ އުފާވެރިކަމުގެ ކަރުނަޔާއި ހިތާމައިގެ ކަރުނައެވެ. ޝައިނަ ވެސް ހުއްޓުން އަރާފަ އިނެވެެ. ކަރުނަ އިން ފޯވެފަ ޝީތަލް އިނެވެ.

ޝީތަލް އަށް މިމަންޒަރު ބަލަން ކެތްވާވަރަށްވުރެ އޭނާގެ ހިތަށް ލިބިފައިވާ އުފަލާއި ކެކުޅުން ބޮޑުވިއެވެ. ބާލީސް ނަގާ މޫނުމަތީ އަޅަމުން އަޑުން އަޑުނަގާ ރޯންފެށިއެވެ. އޭރުވެސް އޭނާގެ މަންމަގެ ވާހަކަ ތަކުގެ އަޑު އިވިއިވި ހުރިކަހަލައެވެ. ފަރީދާ ތެދުވެގެންގޮސް އޭނާގެ ދޮށީ ދަރިފުޅުގައިގާ ބައްދާލިއެވެެ.

“ދަރިފުޅާ މިމަންމައަށް މަޢާފް ކުރޭ. މަންމަ މިއައީ ދަރިފުޅުމެންގެ ގާތަށް ދާން. މުޅި ޢުމުރު ދަރިފުޅު މެންނާއެކު ހޭދަ ކުރުމަށް. ދަރިފުޅާ ޝީތަލް”

” މަންމަ މާފަށް އެދޭކަށް ނުޖެހޭ ކުށްކުރީ އެހެންމިހެއް މަންމަޔެއް ނޫން” އައިމިނަތު ބުނެލިއެވެ.

ޝީތަލް އަށް ދޭނެ ޖަވާބެއްނޭނގުނެވެ. ޝީތަލްގެ ހިތްވަރު އެލި ވަރުދެރަވެއްޖެއެވެ. ގައިގެ ބާރުދޫވެ ބޮލަށް އެނބުރުން އަރައިފިއެވެ.

ގާތްގަޑަކަށް ދެތިން ގަޑިއިރު ފަހުން، ޝީތަލް ހޭއެރިއިރު އޭނާގެ ކައިރީގައި ޝައިނާ އާއި އައިންތު ހުއްޓެވެ. ހެވިފައެވެ. އެމޫނުމަތިންވެސް ވަނީ އުފާވެރިކަމެއެވެ. އަދި ނަރުސްކުއްޖަކުވެސް ފަރުވާދޭން ހުއްޓެވެ. ޝީތަލް ވަށައިގެން ހޯދާ ބަލައިލިއެވެ. އޭނާގެ ލޯ ހޯދަމުންދިޔަ މީހާ ފެންނަން ނެތުމުން އައިންތު ކުރެން މަންމަ ކޮބައިތޯ އަހާލިއެވެ. “މިތާ ބޭރުގަ އެބައިން އެކަމާ ދޮންތަ ކަންބޮޑު ނުވޭ. ދެން އެމަންމަ އަހަރުމެންދޫކޮށްފަ ދިޔަކަ ނުދޭނަން”  އައިންތު ހިނިތުންވެފަ ޖަވާބު ދިނެވެ.

“އެމަންމަޔަކީ އަހަރުމެން ދެބެއިންގެ ރޫހް މަންމަ ކާރީބުނޭ ޝީތަލް އެބަ ގޮވައޭ”

އެވަގުތު ފަރީދާ ޝީތަލް ކާރިޔަށް އައިސް އޭނާގައިގަ ބައްދާލިއެވެ. ލޯތްބާއެކުއެވެ. އައިމިނަތުވެސް އައިސް މަންމަ ކޮނޑުގައި ބޯއަޅާލިއެވެ.

އެވަގުތަކީ ބައްޕަ އާއި ދޮންމަންމަވެސް ޝީތަލް އޮތް ކޮޓަރިއަށް ވަންވަގުތެވެ. ނުރުހުމާއެކު ޝީތަލް އާއި އައިންތު އެބައްޕަޔަށް ބަލާލިއެވެ. އެމީހުންގެ މަންމަޔަށް އޭނާ ޖެއްސި ހާލު އެކުދިންނަށް މިހާރު އެނގެއެވެެ. އެކުދިން އޭނާއަށް މާފު ކުރާނީ ކިހިނެއްހެއްޔެވެ.

‘ކަލޭ މިތަނުންދޭ އަހަރުމެން ބޭނުމެއްނޫން ކަލޭގެ މޫނުދެކޭކަށްވެސް އަހަރެމެންގެ ދެމީހުންވެސް ބޭނުމެއްނުވޭ ކަލޭގެ މޫނު ފެންނާކަށްވެސް.” ނުރުހުމާއެކު އައިންތު ހަޅޭއްލަވައިގަތެވެ.

އައިންތުގެ ވާހަކަތަށް ހަރުކަށްޓެވެ. ޝީތަލް އަށް ޖެހުނީ ވާހަކަތައް ހިންދާލައި ލޯމަރާލާށެވެ. ބައްޕަ ކިތަންމެ ނިކަމެތިކޮށް މަންމަޔަށް ހެދިޔަސް ޝީތަލް ބައްޕަ ދެކެ ލޯބިވެއެވެ. އެމީހުން ބައްޕަޔަށް އިޙްތިރާމް ކުރަން ޖެހޭނެއެވެ.

” އައިންތު ކަލޭ ހިމޭނުން އިދޭ” ޝީތަލް އައިންތު ހުއްޓުވިއެވެ.

” މިނިކަމެތި ބައްޕަޔަށް މާފުކުރޭ ކުދިންނޭ..”  މޫނުގައި އަތްއަޅާފަ  ރޮމުން އެބައްޕަ ބުންޏެވެ. އައިންތުވެސް ޝީތަލްވެސް އެނބުރުނީ އަނެއްފަރާތަށެވެ. އެކުދިންގެ ހިތަށް ކުރާއަސަރު އެނގޭނީ ހަމަ އެކުދިންނަށެވެ.

ޝީތަލް އަނެއްކާވެސް މޫނުގައި އަތް އަޅައިގެން ރޯންފެށިއެވެ. ކޮއްކޮ އަށް ފެނިދާނެތީ ޝީތަލް އެނދުގެ އަނެއް ފުށަށް އެނބުރުނެވެ. ފަރީދާ ޝީތަލްގެ ބުރަކަށީ ފިރުމާލިއެވެ.

ނަސީމް ފަރީދާގެ ފައިކާރީ އިށީނެވެ.

” ފަރީދާ އަހަރެންނަށް މާފު ކުރޭ.. އަހަރެންނަކީ ކުށްވެރިއެއް” ރޮމުން ގިސްލަމުން ނަސީމް ވާހަކަ ދެއްކިއެވެ.ފަރީދާގެ ފައިކާރީ އިށީނދެފައޭނާއަތްޖޯޑު ކޮށްލިއެވެ.އެވަގުތު އޭނާގެ މިހާރުގެ އަނބި މީހާވެސް އެކޮޓަރިއަށް އައެވެ. އޭނާވެސް ރޮނީއެވެ. ނަސީމް އާއި ފަރިދާ ފެނިފަ އޭނާގެ ހިތަށް އަސަރު ކުރިއެވެ.

ޝައިނާ ވަނީ ބޭރުން އޭނާ އާއި ދިމާވެފަ ހުރިހާ ވާހަކައެއް ކުރުގޮތަކަށް ކިޔާދީފައެވެ. އެތަނުގައި މިވަގުތު އިނީ ޝީތަލް އާއި އައިންތުގެ މަންމަކަން ބުނެދީފައެވެ.

” އަހަރެންވަނީ ނަސީމް އަށް މާފް ކޮށްފަ” ފަރީދާ ނަސީމް ތެދުކުރަމުން ބުނެލިއެވެ. އެވަގުތު ދެއަތް ޖޯޑުކޮށްފަަ ޝީތަލް އާއި އައިންތުއަށް ދައްކާލާފަ ނަސީމް ވާހަކަ ދައްކަން ފެށިއެވެ.

” ތި ކުދިންވެސް މިބައްޕައަށް މާފުކުރޭ، ޕުލީސް ބައްޕަ ބޭނުމީ އަލުން އަހަރުމެން އެންމެން އެކުގައި ގެއަށް އައުމަށް އަހަރެން މިއަދު މިއައިވެސް ޝީތަލް ދަރިފުޅު ގެޔަށް ގެންދަން”

އެވަގުތު ފަރީދާވެސް އެކުދިންނަށް ބެލިއެވެ. އެކުދިންވެސް ތިބީ ފަރީދާއަށް ބަލާށެވެ. ފަރީދާ އާނއެކޭ ކިޔާފަ ބޮލުން އިށާރާތް ކޮށްލިއެވެެ. ނަސީމް އައިސް ޝީތަލް ގައިގާ ބައްދާލިއެވެ. އަދި ފަހަތުން އައިސް އައިންތުވެސް ބައްޕަ އާއި ބައްދާލިއެވެ. ނަސީމް ދެެކުދިންވެސް އޭނާގެ އަތުގެ ތެރޭ ބޮނޑި ކޮށްލިއެވެ. އެއީ އުފާވެރި ވަގުތެކެވެ. ޑޮކްޓަރ ޝާހް އާއި ޝައިނާ ވެސް އެކަކު އަނެކަކަށް ބަލާފަ ހީލިއެވެ. ފަރީދާ އާއި ނަސީމްގެ އަނބިމީހާވެސް އެކަކު އަނެކަކަށް ސަލާމް ކޮށްލަމުން ހިނިތުންވެލިއެވެ. މިހާރު އެއީ ގާތްމީހުންނެވެ. ރުޅިވެރިކަމެއް އަމުދުންނެތެވެ.

” މަންމަ ހުންނާނީ އަހަރެންގެ ގޭގައި” ޑރ ޝަފްރާޒް ބުނެލިއެވެ. ހުރިހާ މީހުން މިކަމާ ހެމުންދިޔައެވެ. އަދި އެއްބަސް ވުމުގެ ގޮތުން ބޮޖަހާލިއެވެ.

ބޭސް ފަރުވާއިން ނިމިގެން ޝީތަލް އާއި އައިންތު ދިޔައީ އައްޑުއަށެވެ. އޮފީސް ދަތުރުގައެވެ. ޢާއިިލީ ކުދިންތަށް ޝީތަލް މެންގެ ރަށަށް އައުމުންގެޔަށް ބަހާރު މޫސުން އައިސް އުޅޭ ފަދަ އުފަލެއް އެމީހުންނަށް އިޙްސާސް ކުރެވެމުން ދިޔައެވެ.

ތަންވަޅު ހޯދައިގެން ޝައިނާ މެންގެގެއަށްވެސް އައްޑުއަށް ދިޔުމުގެ ކުރިން ޝީތަލް ދިޔައެވެ. މަންމައާއި ދިމާވި ޙާދިޘާ ކިޔައިދީ ނިމުނުއިރު ޝަފްރާޒް ވެސް އިނީ ފެންކަޅިވެފައެވެ. ފަހުން އެމިހުންވެސް އައްޑު އަށް އަންނާނޭ ވާހަކަ ބުންޏެވެ.

އެއީ ތެދުވާހަކައެކެވެ. ޝީތަލް މެން ދިރި އުޅޭނެ އަމިއްލަ ހިޔާވައްސެއް އައްޑުއަކު ނެތެވެ. އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ދެކުދިންނަކީ މިއަދު ޝީތަލް އާއި އައިންތުއެވެ. މިއަދު ގެހެދުމުގައިވެސް އެދެކުދިންނަށް އަތު ގުޅައިގެން މަސައްކަތް ކުރެވިދާނެއެވެ.

މިއަދު ޝީތަލް މެން ކައްކަނީއެވެ. ވަކި ހަފްލާއަކަށް ނޫނެވެ. އައިންތު ގޭތެރެ ޒީނަތްތެރި ކުރުމުގައި އަތުކުރި އޮޅާލައިގެން މަސައްކަތް ކުރިއެވެ. އޭނާއަށް އެހީވެދިނުމުގައި ޑރ ޝަފްރާޒް ވެސް އައިންތު އާއި އެކު އައްޑު އަށް އައިސް ހުއްޓެވެ.  ހޮސްޕިޓަލްއިން ފެނުނީއްސުރެ އެދެމިހުންގެ ހިތުގައި ޖަހަމުން ދިޔައީ އެއްވިންދެކެވެ.

ޝީތަލް އާދައިގެ މަތިން ބަދިގޭގައި ކެއްކުމުގެ މަސައްކަތެއްގައި ޝާމިލުވެހުއްޓެވެ. ބޭރުން މީހަކު ސަލާމް ގޮވިއަޑު އިވިގެން ޝީތަލް ބޭރަށް ނިކުތެވެ. ދޮރުމަތީގައި އެހެރީ އެމީހުންގެ މަންމަ ފިޔަވައި ދެވަނަ މީހެއްނޫނެވެ. ޝީތަލް އުފަލުން ތެޅިގަނެވުނެވެ. އެތެރެއަށް ބޯދީ ކޮއްކޮ އުޅޭތޯ ބަލާލެވުނެވެ. ނަސީބު ކަންދިމާ ކުރިގޮތުން އައިންތު އާއި ޑރ ޝަފްރާޒް ވެސް ވީ ބޭރަށް ގޮހެވެ. ގޭގައި އިތުރު އެއްވެސް މީހެއްނެތެވެ. ޝީތަލްއަށް ފުރުސަތު ލިބުނު ކަހަލައެވެ. މަންމައާއި  އޭނާގެ ވާހަކަ ހިއްސާކުރިއެވެ. އޭނާގެ މާޒީއެވެ.

“މަންމާ! އަހަރެމެން އުޅެ ބޮޑުވީ ހާދަ ނިކަމެތި ކޮށްނޭ. މިގޭގައި، ދެން އަހަރުމެން އުޅޭނީ އުފަލުންދޯ  މަންމާ ފާއިތުވެދިޔަ ހުރިހާ ދުވަސްތަކުގެ ކަންތަށް ފުރިހަމަ ކުރަންވާނެ ކޮއްކޮއަށް ސަޕްރައިޒެއް ދެމާ އޭނާ އާއި ޑރ. ވީ ބޭރަށް ގޮއްސަ މިހާރު އަންނަން އުޅޭނެ”

އޭނާ ގޭގެ އެކި ކޮޓަރިތަށް ހުޅުވާފަ ފަރީދާއަށް ދައްކަމުން ދިޔައެވެ. އެއީ މުސްކުޅި ބޮޑު ގެޔެކެވެ. ހަތްކޮޓަރި ހުރިއެވެ.

“މަންމަ ހުންނަންވާނީ އައްޑުގަ އަހަރުމެންނާއެކު” ޝީތަލް އެންމެ ފަހުގެ ނިންމުން ޢިޢްލާން ކުރިކަހަލައެވެ.

“މަންމަ މިއައީ ދަރިފުޅުމެންނާ އެކު އުޅެން. ދަރިފުޅުމެންނަށް އެހީވާން. މަންމަގެ ޢުމުރުގެ ބާކީދުވަސްތަށް ބޭނުމީ މަންމަގެ 2 ދަރިންނާއެކު އުޅެލުމަށް. މިގެއަށް ދަރިފުޅުމެން ބަދަލު ވުމުން މަންމަ ވަރަށް އުފާވެއްޖެ” މަންމަ އެކުދިން އުފަލާއެކު ބަލައިގަތެވެ.އަދި އެމަންމަގެ  އޯގާތެރި ކަމާއި ލޯބި އެކުދިންނަށް  އޮއްސަމުން ދިޔައެވެ.މައިވަންތަކަމުގެ ކުލުނައަކީ ކިހާ ބާރުގަދައެއްޗެއް ހެއްޔެވެ. 25 އަހަރަށް ފަހު ޝީތަލް މެންނަށް މިއަދުއެނަސީބު ލިބުނީއެވެ.އައިންތު ގެޔައްއައިސް ދޮރު ހުޅުވާލުމުން މަންމަ ފެނުމުން އޭނާ އުފަލުން ހަޅޭއްލަވައިގަތެވެ.

މަންމަ އައިންތު އާއި ޑރ ޝަފްރާޒްގެ މަސައްކަތަށް ތަޢުރީފް ކުރިއެވެ. ގޭތެރެ އެމީހުން ވަނީ ވަރަށް ޒީނަތްތެރި ކޮށްފައެވެ.

މިއަދު ގޭގަ ކެއްކީ މަންމަ އެވެ. ދެކުދިން ދެފަރާތުގައި ބައިތިއްބައިގެން މަންމަ އެކުދިންގެ އަނގައިގަ ލައްވާ ކާންދިނެވެ. މިއީ އުފާވެރި މަންޒަރެކެވެ.ހިނުތުންވެފަ ޑރ ޝަފްރާޒް ވެސް ކައިރިވެލިއެވެ. “މަވެސް ބާކީކޮށްނުލާ މަންމާ” ހިނިތުންވެފަ އޭނާ ބުންޏެވެ. ޝިތަލް އާއި އައިންތުވެސް އެނާއަށް ޖާގަދިނެވެ.

ފަރީދާ އޭނާއަށްވެސް އަނގައިގަ ލައްވާ ކާންދިނެވެ. ޝިތަލް އާއި އައިންތުއެކޭ އެއްގޮތަށެވެ. “އަހަރެންގެ ތިބެނީ 2 ކުދިންނެއް ނޫން 3 ކުދިން.” ހިނިތުންވެފަ ފަރީދާ ބުނެލިއެވެ.

ނަސީމް އާއި އޭނާގެ އަންހެނުންވެސް އައްޑުއަށް އައެވެ.އައިމިނަތުގެ ކައިވެނިއަށެވެ.

ޑރ ޝަފްރާޒް އާއި އައިމިނަތު ކައިވެނީ ކުރުވީއެވެ.މިކައިވެނިއަކީ ކުލަގަދަ ހަފްލާއެކެވެ.މިކައިވެންޏަށް ބައްޕަ ނަސީމް އާއި އޭނާގެ އަންބިމީހާ އާއި ކުދިންވެސް އައެވެ. މިއަދަށްފަހު އެމީހުންގެ ދިރިއުޅުންމުޅިން ބަދަލުވިއެވެ. އައްޑުގަ ހުރިގެހަދާ ކުއްޔަށް ދީފަ ޝީތަލް އާއި އެމީހުންގެ މަންމަވެސް ޑރ ޝަފްރާޒް އާއި އާއިންތު އާއި އެކު އެގެޔަށް މާލެއަށް ބަދަލް ވީއެވެ.

މިހާރު އެއީ އުފާވެރި ޢާޢިލާއެކެވެ. ބޭވަފާތެރި އެކުވެރިއެއްގެ ހިޔަނިވެސް ނެތެވެ.

ނިމުނީ

Advertisements
Avatar
ރޯޒީ ޝަރީފަކީ ، ލިޔުންތެރިކަމަށް ޝަޢުގުވެރިކަން ހުންނަ، މިހާރުވެސް ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދާ ލިޔުންތެރިއެކެވެ. ޚާއްސަޮށް ވާހަކަ ލިޔުމާއި، ބިއުޓީ އާއި ބެހޭ ލިޔުންތަަށް ފަރިތަ ލިޔުންތެރިއެެވެ.

3 COMMENTS

  1. ވަރަށް ރީތި ވާހަކައެއް. ރޮއިރޮ ހަލާކު ވެއްޖެ
    ރޯޒީ މިވެސް ތަރުޖަމާއެއްތަ؟ ނުނީ ހަގީގަތެއްތަ؟

Comments are closed.