ސަރުކާރު ހިއްސާވާ 7 ކުންފުންޏަކަށް އެމްޑީން އައްޔަންކުރަން އާ ސަރުކާރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ނަން ފޮނުވައިފިއެވެ.

ރައީސް މުއިއްޒު އެމްޑީން އައްޔަންކުރަން ނަން ފޮނުވާފައިވާ ކުންފުނި ތަކަކީ ރީޖަނަލް އެއްޕޯޓްސް، އާބަންކޯ، ވެމްކޯ، ފެނަކަ، ޕީއެސްއެމް، އެންސްޕާ އަދި އާސަންދައަށެވެ.

މި ކުންފުނިތަކަށް އައްޔަންކުރާ ބޭފުޅުންނަކީ:

  • އެންސްޕާ- ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު
  • އާސަންދަ- ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
  • ވެމްކޯ- އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލް
  • ފެނަކަ- މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު
  • ރީޖަނަލް އެއާޕޯޓްސް – ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން
  • އާބަންކޯ – ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު
  • ޕީއެސްއެމް – ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރު

ސަރުކާރުން މިބޭފުޅުންގެ ނަންނަތައް ޕީސީބީއަށް ފޮނުވާފައިވި ނަމަވެސް، އެ ބޭފުޅުން އަދި މަގާމްތަކަށް ހަމަޖައްސާފައެއް ނުވެއެވެ.