ބޭނުންވާތަކެތި:

އެތެރެއަށް އެޅުމަށް

  • 100 ގ ކެރެޓް
  • 100 ގ ލީކްސް
  • 100 ގ ޒުވާރިއޮށް
  • 100 ގ މަޝްރޫމް
  • 50 ގ އޮލިވް ކޮށާފައި

ބަނަަސް ފުށްގަނޑު ތައްޔާރުކުރުމަށް:

  • 1 ކިލޯ ބްރެޑް ފްލަރ
  • 10 ގ ބްރެޑް އިމްޕްރޫވަރ
  • 25 ގ ބަޓަރ
  • 20 ގ ހިކިކިރު
  • 10 ގ އީސްޓް
  • 450 އެމްއެލް ފެން
  • 15 ގ ލޮނު

ފުށްގަނޑު ތައްޔާރުކުރުމަށް، (މެޝިނުގައި) ފުށާއި ހިކިކިރު، ބަޓަރު، އީސްޓް، ބްރެޑް އިމްޕްރޫވަރ، ލޮނު އަދި ފެން އަޅަމުން އެއްކުރަމުން ގޮސް ރަނގަޅަށް މޮޑެލާށެވެ. މޮޑެމުންދާއިރު ކުޑަކޮށް ހިކޭނަމަ ފެންފޮދެއް ވިއްސާލާށެވެ. އެއީ ފުށުގެ ގޮތުން ކުޑަބަދަލެއް އައިސްދާނެތީއެވެ. އަދި ދެން ގަޑިއެއްހާއިރުވަންދެން މަތިބަންދުކޮށްފައި ފުށްގަނޑު ބާއްވާށެވެ.

ކޮށާފައިހުރި ތަރުކާރީގެ ބާވަތްތައް ތެޔޮފޮދެއްގައި ލޮނުކޮޅެއްލައި ހަނާކޮށްލާށެވެ.

ފުށްގަނޑު ޑިސްކް ސައިޒަށް ރީއްޗަށް ދަމައި، މެދުން ދެބަޔަށް ފަޅިކޮށްފައި ފުށްގަނޑުމަތީގައި ހަނާކޮށްފައިހުރި ތަރުކާރީ ފަތުރާލާށެވެ. ރޯލެއްހެން އޮޅާލާފައި ގާތްގަނޑަކަށް ދޮޅުއިންޗި އަށް ބުރިކޮށްލާށެވެ.

ޓްރޭގައި އަތުރާފައި ފަނަރަ ވިއްސަކަށް މިނެޓް ބަހައްޓާށެވެ. އަދި އެއަށްފަހު އަވަނުގެ ހޫނުމިން 200 ޑިގްރީގައި ބަހައްޓައިގެން ފަނަރަވަރަަކަށް މިނެޓް ފިހެލާށެވެ. ތަވާގައި މަތި ބަންދުކޮށް މަޑުގިނީގައިވެސް ތައްޔާރުކުރެވިދާނެއެވެ.