"ވިލަވްސް" ޖަމިއްޔާގެ ފަރާތުން ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސަލާހުއްދީނު ސުކޫލުގެ "ސެން" ކުލާހަށް "65 އިންޗީގެ ސްމާޓް ޓީވީއެއް ހަދިޔާ ކޮށްފިއެވެ.

2020 ވަނަ އަހަރުގެ ޖުލައި 6 ވަނަ ދުވަހު ރެޖިސްޓްރީކުރެވިގެން ހިންގަމުން އަންނަ ހިލޭސާބަހަށް މަސައްކަތް ކުރާ "ވިލަވްސް" ޖަމިއްޔާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ނަފްސާނީ އެކި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީ ފޯރުކޮށް ދިނުމެވެ. މީގެ އިތުރުން މިފަދަ ކަންކަމާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރުމަކީވެސް "ވިލަވްސް" އިން ކުރާ ކަމެކެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި، ސަލާހުދީން ސްކޫލްގައި ކުރިއަށް ގެންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކުލާހަށް، "ސްމާޓް އެޑިއުކޭޝަން ސޮލިއުޝަން"ގެ އިތުރު އާ ހަރުފަތަކަށް ދިއުމަށް މިއަދު "ވިލަވްސް" އިން ހަދިޔާ ކުރި މި ސްމާޓް ޓީވީ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަަކޮށްގެން ތައްޔާރުކޮށްފައިވާ އެ ފަރާތްތަކަށް ހާއްސަ ޓީވީއެކެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދިނުމަށް އިތުރަށް

މިޓީވީ ހަދިޔާ ކުރުމުގެ އުފާ ފާޅުކުރަމުން "ވިލަވްސް" އިން ހިއްސާ ކޮށްފައިވާ ޕޯސްޓުގައި "މުޖުތަމައުގެ ހިއްސާއެއްކަަމަށްވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެންމީހުންނެކޭ އެއްފަދަ އެއްހަމައެއްގެ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން އަޒުމަކަށް ހެެދުމަށް ހުރިހާ ދިވެހިންގެ ފަރާތުން ވަނީ އެދިފައެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި، "ވިލަވްސް" އިން ވަނީ ހުރަވީ ސްކޫލް "ހީރާ" ސެން ކްލާހުގެ ލޮބުވެތި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހަރަކާތެއް ބާއްވަން ހަމަޖައްސާފައެވެ.

މި ހަނދާނީ ސެޝަންގައި އިސްކޮށް ހުންނަވާނީ ޕްރޮފެޝަނަލް ސްޕީކަރ ރަޙްމާ މިސް އާއި މާޒިން ކަމަށް "ވިލަވްސް" އިން މައުލޫމާތު ދެއެވެ.