ކުދިރަށްރަށުގެ ބަނދަރުތައް ވީރާނާވެފައިވަނިކޮށް، ބޮޑެތި ރަށްރަށުގައި ދެވަނަ ބަނދަރުތައް ހަދާތީ ކަންބޮޑުވޭ: ޢަލީ ހުސައިން

0

ކުދިރަށްރަށުގެ ބަނދަރުތައް ހަލާކުވެ ވީރާނާވެފައި ވަނިކޮށް، ބޮޑެތި ބައެއް ރަށްރަށުގެ ދެވަނަ ބަނދަރުތައް ހެދުމަށް ބަޖެޓުގައި ބޮޑެތި ޢަދަދުތައް ޖަހާފައިވާތީ، އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ކެންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ހުސައިން ވިދާޅުވި ގޮތުގައި، ކިހާދޫ، ކުޑަރިކިލު އަދި ދޮންފަނު ފަދަ ކުދި ރަށްރަށުގެ ބަނދަރު ހަލާކުވެ ވީރާނާވެފައި ވަނިކޮށް، އަނެއްކާވެސް ބޮޑެތި ރަށްރަށުގައި ދެވަނަ ބަނދަރެއް ހެދުމަށް ބޮޑެތި ޢަދަދުތައް ބަޖެޓްގައި ހިމަނާފައި ވުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.

Advertisements

ޢަލީ ހުސައިނަކީ ސަރުކާރު ކޯލިޝަން ޕާޓްނަރެއް ކަމުގައިވާ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. 2020 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް ފިމިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

Advertisements
އަހްމަދު
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.