ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ސަރުކާރުގެ އެކި ވުޒާރާތަކުގެ މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ބޭފުޅުން އައްޔަނުކުރައްވައިފިއެވެ.

މިގޮތުން އައްޔަނުކުރެއްވި ބޭފުޅުންނަކީ؛

  • 1. މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް- ޢަލީ ޖަނާހް، ހއ. ބާރައް، ސައުދީ މަންޒިލް
  • 2. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބުގެ މަގާމަށް- މުހައްމަދު އާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ
  • 3. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް- އަލްއުސްތާޒާ މަރްޔަމް ޝިފާނާ އަލީ ސަލީމް، ހ. މެލްބަން
  • 4. މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް- ޙަސަން މިރާސް، މއ. މާފުނަ
  • 5. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަގާމަށް- އާމިނަތު މުނާ، ލަކީސްޓާރ، ދ. ބަނޑިދޫ
  • 6. މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް- އަހްމަދު މާއިސް - ވެލާނާގެ، ނ. ވެލިދޫ
  • 7. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް- އިބްރާހީމް އަލީމް - ރޯޅި، ގއ. ކޮލަމާފުށި
  • 8. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ނައިބުގެ މަގާމަށް- ފާތިމަތު ޒުހުރާ، ވ. ފައުނު
  • 9. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަގާމަށް - އަލްއުސްތާޒު ޢަބްދުﷲ މަހްޒޫމް މާޖިދު، ބަގީޗާގެ، ނ. ކުޑަފަރި