ރާއްޖެތެރޭގެ އެކިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާ ކުރައްވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މި ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 14:30 ހަަމައަށެވެ.

މި ހުދު ސަމާލުގައި މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން އިރު ދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެެވެ. އަަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށޤ 35 މޭލަށޤ ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.

އަދި މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓުން ލަފާކުރައްވައެވެ.

ހަމައެއާއެކު ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދު ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.