އަމީނީ މަގު މަޝްރޫއުގެ ނުނިމި އޮތްބައިގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

އާރުޑީސީން ބުނީ އަމީނީ މަގު ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ.މާ

ލެ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓުގެ ދަށުން އަމީނީމަގުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ ހުކުރު ދުވަހު ހަވީރު 18:00 އިން ފެށިގެން އަމީނީމަގާ ގުޅިފައިވާ މަގުތަކާއި ގޯޅިތައް އާންމު ދަތުރުފަތުރަށް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ޖުލައި، 3 2022 ގައެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، 84.4 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.