ގައުމީ އެންޓި ކޮރަޕްޝަން ކޮމިޝަން އެކަޑަމީ ތައާރަފް ކޮށްފިއެވެ.

މި އެކަޑަމީ ތައާރަފް ކޮށްފައި ވަނީ މިއަދު ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ.

އެކަޑަމީ އިފްތިތާހް ކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މީހުން ބިނާ ކުރުމާއި މީހުން ހޭލުންތެރިކުރުމުގެ މަގްސަދުގައި އުފެއްދި ފުރަތަމަ އެކަޑަމީއެވެ. މި އެކަޑަމީގެ މައިގަނޑު މަގްސަދުގެ ތެރޭގައި ކޮރަޕްޝަނާއި، އިގްތިސާދީ ކުށްތައް ތަހުގީގު ކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާ ކުރުން ހިމެނެއެވެ.

އެކަޑަމީ އިފްތިތާހު ކުރެއްވުމަށް ފަހު މިޖަލްސާގައި ރައީސް ޑރ މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ޖަލްސާގައި މިއެކަޑަމީ އިފްތިތާހް ކޮށްދެއްވާފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މީހުން ބިނާކުރުމާއި މީހުން ހޭލުންތެރި ކުރުމުގެ މަގްސަދުގައި އުފެއްދި ފުރަތަމަ އެކަޑަމީއެވެ. މި އެކަޑަމީގެ މައިގަނޑު މަގްސަދުގެ ތެރޭގައި ކޮރަޕްޝަނާއި، އިގްތިސާދީ ކުށްތައް ތަހުގީގު ކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާ ކުރުން ހިމެނެއެވެ.

އެކަޑަމީ އިފްތިތާހު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2007 ވަނަ އަހަރު އދ.ގެ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މުއާހަދާގައި ރާއްޖެ ބައިވެރި ވުމަށްފަހު މިވީ މުއްދަތުގައި ގިނަ ކާމިޔާބީ ތަކެއް ހާސިލު ކުރައްވާފައިވާ ކަމަށެވެ. ރައީސް ދެއްވި ޔަގީން ކަމަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެމަނިކުފާނުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމެވެ.