އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި، ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

މިހާތަނަށް 14.73 ރުފިޔާ އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާެރު ތެލުގެ އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން ވިއްކަމުންދާނީ 14.33 ރުފިޔާ އަށެވެ.

ހަމައެއާއެކު، ކުރިން 15.07 ރުފިޔާ އަށް ވިއްކަމުންއައި ޑީސަލް ލީޓަރެއްގެ އަގު މިހާރުވަނީ 14.62 ރުފިޔާ އަށް ކުޑަކޮށްފައެވެ.

https://x.com/stoplc/status/1732837849240903686?s=20

އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 40 ލާރި، އަދި ޑީސަލް ލީޓަރަކުން 45 ލާރި ހެޔޮކޮށްފައެވެ.

މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ތިން ފަހަރަށް ކުޑަކޮށްފައިވެއެވެ.