މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަަލަސްތީނުގެ މުޖާހިދުންނާއި ސަހްޔޫނީ އިޒްރޭލާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އިޒްރޭލުގެ މައި އެއަރ ޕޯޓް ބެން ގުރިއަންއަށް ދަތުރު ކުރާ ފްލައިޓްތަކުގެ އަދަދު %80 ދަށަށް ގޮސްފައިވާ ކަމަށް "ގްލޯބްސް" އިން ހާމަކޮށްފިއެވެ.

"ގްލޯބްސް" ހާމަ ކޮށްފައިވާ ގޮތުގައި ޔޫރަޕްގެ އެންމެ ބޮޑު މަތިންދާބޯޓު ފްލީޓް އަދި ބެން ގުރިއަން އެއާޕޯޓަށް އެންމެ ގިނަ ދަތުރު ކުރާ ކެރިއާ ކަމަށްވާ ރަޔަންއެއާ އިން އިސްރާއީލަށް ކުރާ ހުރިހާ ފްލައިޓެއް ކުރިއަށް އޮތް ޖެނުއަރީ މަހު ކެންސަލް ކުރަން ވަނީ ނިންމާފައެވެ.

ބެން ގުރިއަން އެއާޕޯޓުން ފްލައިޓްތައް ޖެއްސުމާއި އުދުހުމުގެ ފްރީކުއެންސީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށުމާ ހަމައަށް ދުވާލަކު 500 ފްލައިޓް ދަތުރު ކުރިއެވެ. އެކަމަކު މިހާރު ބެން ގުރިއަން އެއަރޕޯޓަށް ދަތުރު ކުރަނީ 100 ފްލައިޓެވެ. ބޭރުގެ ގިނަ އެއާލައިންތަކުން ޓެރަރިސްޓް އިސްރާއީލަށް ކުރާ ހުރިހާ ފްލައިޓެއް ކެންސަލްކޮށްފައި ވަނީ އިންޝުއަރެންސް ކުންފުނިތަކުން ކަވަރޭޖް ދިނުމަށް ދެކޮޅު ހެދުމުންނެވެ.

ސަހްޔޫނީ އިޒްރޭލުގެ ސަރުކާރުގެ އިންޝުއަރެންސް ގެރެންޓީ ދިނުމުން އިސްރާއީލުގެ ތިން އެއާލައިން ކަމަށްވާ އެލް އަލް، އާކިއާ އަދި އިސްރާއީރް އިން ދަނީ ދަތުރުތައް ކުރިއަށް ގެންދަމުންނެވެ. އެކަމަކު އެލް އަލް އިން އައަރ ލައިނުން ވަނީ ޝަރުމް އެލް ޝެއިޚް، އިސްތަންބޫލް، ޑަބްލިން، މާސޭ، އަދި ޓޯކިޔޯ ފަދަ ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް ކެންސަލްކޮށްފަ އެވެ.

ފަަލަސްތީނުގެ ބިންތައް ފޭރިގަނެގެން ތިބި އިސްރާއީލަށް ދަތުރުކުރާ މަދު ބޭރުގެ އެއާލައިންތަކުގެ ތެރޭގައި އިޒްރޭލާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޔޫއޭއީއަށް ނިސްބަތްވާ އިއްތިހާދު އެއަރވޭސް އާއި ފްލައި ދުބާއީ އަދި އިތިއޮޕިއަން އެއާލައިންސް އިން އެޑިސް އަބަބާ، އުޒްބެކިސްތާން އެއާވޭސް އިން ޓާޝްކެންޓަށް، އަދި އަޒީމުތު އެއާލައިން އެންޑް ރެޑް ވިންގްސް އިން ރަޝިޔާ އަށް ދަތުރުކުރެ އެވެ.

ފަލަސްތީނާއި މަސްޖިދުލް ޢަޤްސާގެ ދިފާއުގައި ޒަޔަނިސްޓް ޔަހޫދީންނާ ހަނގުރާމަ ކުރަމުން އަންނަ ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކަށް ބިރުން އިޒްރޭލު ދޫކޮށް ތިންލައްކައެއްހައި މީހުން ވަނީ އިޒްރޭލު ދޫކޮށް އެހެން ގައުމުތަކަށް ގޮސްފައެވެ.