މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަށެވެ.

މިއަދުގެ 14:00 ގެ ނިޔަލަށް ނެރެފައިވާ މި ސަމާލުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.

މީގެ އިތުރުން އެ އިދާރާއިން ހާމަކުރި ގޮތުގައި ފާއިތުވި ސައުވިސް ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ ބ. ދަރަވަންދުއަށެވެ.

ދެން އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ށ.ކޮމަންޑުއަށެވެ.