ޣައްޒާގެ އުތުރުގައި ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން އިއްޔެ ދިން ވަރުގަދަ ހަމަލާތަކުގައި ސަހްޔޫނީ އިޒްރޭލުގެ ލެފްޓިނެންޓް ކާނަލްއަކާއި ދެ މޭޖަރުން މަރާލައިފިއެވެ.

މުޖާހިދުންގެ ހަމަލާތަކުގައި މަރާލި އިޒްރޭލުގެ ކާނަލްއަކީ ޣައްޒާގެ އުތުރުގައި އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާންތަކުގައި އިސްދައުރެއް އަދާ ކުރަމުންދިޔަ މީހެކެވެ.

މީގެ އިތުރުން މުޖާހިދުންގެ ހަމަލާތަކުގައި އިއްޔެ އިޒްރޭލުގެ 19 އަހަރުގެ ސާޖަންޓަކާއި 22 އަހަރުގެ ކެޕްޓަނެއްވެސް މަރާލިއެވެ. ހައްދު ފަހަނައެޅި އިޒްރޭލުގެ މިހުރިހާ ސިފައިންނަކީވެސް ޣައްޒާގެ އުތުރުގައި ޢުދުވާން ހިންގަމުން ދިޔަ ސިފައިންނެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން އެއްބަސްވެފައިވާ ގޮތުގައި މުޖާހިދުންގެ ވަރުގަދަ ހަމަލާތަކުގައި އިއްޔެ އިޒްރޭލުގެ 8 ސިފައިން މަރުވެ 30 ސިފައިން ޒަޚަމްވިއެވެ.