ޣައްޒާގެ ކަމަލް އަދްވާން ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުން ދިޔަ ސިއްހީ މުވައްޒަފުން ހައްޔަރުކޮށް އަނިޔާދޭން ފަށައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ބުނެފައިވާ ގޮޮތުން އިޒްރޭލުގެ ސިފައިގެން އަދްވާން ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުނެ ދިޔަ ހުރިހާ ފިރިހެން މުވައްޒަފުން އަދި ބަލިމީހުން ހައްޔަރުކޮށް އެމީހުން ގޮތްނޭނގޭ ތާކަށް ވަނީ ގެންގޮސްފައެވެ. އަދި އެމީހުން ގައިގައި ތަޅާ އަނިޔާކޮށްފައިވާ ކަމަށް ވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

އިޒްރޭލުން ސިފައިން ވަނީ ހޮސްޕިޓަލު އެއްކޮށް ހިފައި، ހޮސްޕިޓަލުގައި ތިބި މުވައްޒަފުންނާއި ބަލިމީހުން އަދި ކުޑަކުދިންނަށް ކާބޯތަކެތިން މަހްރޫމް ކޮށްފައެވެ. މީގެ ސަބަބުން އިންޓެންސިވް ކެއާ ޔުނިޓުގައި ތިބި ކުޑަކުދިންނަށް ފަރުވާ ނުދެވޭ ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ކުޑަކުދިންނާއި ސިއްހީމުވައްޒަފުން އަދި ބަލިމީހުން ސަލާމަތް ކުރުމަށް ގައްޒާގެ ހެލްތު މިނިސްޓްރީއިން ވަނީ އދ އަށް ގޮވާލާފައެވެ. އަދި ހޮސްޕިޓަލު ރައްކާތެރިކުރުމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީއިން ދަނީ އާދޭސް ކުރަމުންނެވެ.