ދަނޑުވެރިން އުފައްދާ ބާވަތްތައް ޕްރޮމޯޓްކޮށް ވިއްކުމަށް ކުންފުންޏެއް އުފައްދަނީ

0
ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ގިނަ ކުންފުނިތަކެއް ވަނީ އުފައްދާފައި

ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް ވިއްކުމަށް ކުންފުންޏެއް އުފެއްދުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ދަނޑުވެރިން އުފައްދާ ބާވަތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު އާމްދަނީއެއް ނުލިބޭކަމީ ސަރުކާރުގެ ވަރަށްބޮޑު ކަންބޮޑުވުމެއްކަމަށެވެ. އެހެންކަމުން، މިކަން ހައްލުކުރުމަށްޓަކައި ވަކި ކުންފުންޏެއް އުފައްދައިގެން މިކުންފުނީގެ ދަށުން ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކޭނެ މަގު ހަމަޖައްސައިދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އާ ޕްރޮޖެކްޓެއް ފޯމިއުލޭޓްކުރަމުން މިދަނީ. ދަނޑުވެރިކަމުގެ ކުންފުންޏެއް އުފެއްދުމުގެ ބޭނުމުގައި. ޙަޤީޤަތުގައި ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓެއް ނުކުރެވޭ. އެހެންވީމަ، މި އުފެއްދުންތައް މާކެޓްކުރާނެ ކުންފުންޏެއް އައިސްގެން ނޫނީ ދަނޑޫވެރިން އުފައްދާ ބާވަތްތަކަށް ހަޤީޤީ ނަފާއެއް ނުލިބޭނެ. އެހެންވީމަ، އެ މަސައްކަތް މި ކުރަނީ.” މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

Advertisements

މިނިސްޓްރީން މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އެސްޓީއޯއާ ގުޅިގެންނެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަމްވަނީ ދަނޑުވެރިން އުފައްދާ ބާވަތްތައް ކުންފުންޏެއް މެދުވެރިކޮށް މިއަހަރުގެތެރޭ މާކެޓަށް ނެރޭނެކަމަށް ވިދާޅުވެފައެވެ.

މި މަސައްކަތް އެންމެ ފުރަތަމަ ފަށައިގަންނަނީ އއ.ތޮއްޑޫއިންނެވެ. އަދި ތޮއްޑޫއިން ފެށުމަށްފަހު ރާއްޖޭގެ އެހެނިހެން ހިސާބުތަކުންވެސް ދަނޑުވެރިކަމުގެ ބާވަތްތައް ގަތުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މި ބާވަތްތައް ދަނޑުވެރިންގެ އަތުން ގަތުމަށްފަހު ރިސޯޓުތަކަށް ވިއްކުމަށް ހަމަޖެހިފައިވެއެވެ. އެސްޓީއޯއިން ވިދާޅުވީ މިމަސައްކަތާއިއެކު ދަނޑުވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބިގެންދާނެކަމަށެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here