ރާއްޖޭގެ ސްކޫލްތަކުގައި، ބުރުގާ އެޅުން މަޖުބޫރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ތައުލީމީ ވުޒާރާއިން ދޮގު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ، ރާއްޖޭގެ ސްކޫލުތަކުގައި ބުރުގާ އެޅުމަކީ މަޖުބޫރުކަމެއްކަށް ހެދުމަށް އެ ވުރާއީން މަސައްކަތް ކުރަމުންދާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރުތަކެއް ކަމުގައެވެ.

އެގޮތުން ސްކޫލް ކުދިންގެ ޔުނިފޯމް ކޯޑަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ބުނެ ފަތުރަަމުންދަނީ ފޭކް ޑޮކިއުމެންޓެއް ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އަދި މިފަދަ ހަގީގަތާ ހިލާފް ވާހަކަތައް ފެތުރުމަކީ ދަރިވަރުންގެ ނަފްސާނޫ ދުޅަހެޔޮކަމަށް ނުރަގަޅު އަސަރުތަކެއް ކުރާނެކަމެއް ކަމަށާއި، އެފަދަ ހަގީގަތާހިލާފް ވާހަކަތައް ނުފެތުރުމަށްވެސް މިނިސްޓްރީން އިލްތިމާސް ކޮށްފައި ވެއެވެ.

ސުކޫލުތަކުގެ ބުރުގާ އެޅުން މަޖްބޫރުކުރާ ވާހަކައާއެކު މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ބުރުގާ ހެދުމަކީ ޖިލްބާބުފަދަ ހެދުންތަކަށް ބަދަލުކުރަން ޖެހޭގޮތަށާއި އަދި އާންމު ހެދުން އެޅުމުގެ މިންގަނޑުވެސް އެފަދަ ގޮތަކަށް ބަދަލު ކުރަން އުޅޭ ވާހަކައެވެ. އެހެންނަމަވެސް މިކަމާ ގުޅޭ ގޮތުން އަދި މައުލޫމާތު ނުލިބެއެވެ.