މިދިޔަ އޮކްޓޫބަރު މަހު 7 ގެ ފަހުން ޣައްޒާގައި އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވި މީހުންގެ އަދަދު ވަނީ 19،400 އަށް ވުރެ މައްޗަށް އަރާފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީއިން އިއްޔެ ހިއްސާކުރި ފޭސްބުކް ޕޯސްޓުގައި ވާގޮތުން ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދަކީ 19،453 ކެވެ. އަދި ޒަހަމް ވެފައިވާ މީހުންގެ އަދަދަކީ 50،286 ކެވެ. އަދި މީގެ އިތުރުން ގައްޒާގެ ރެފިއުޖީ ކޭންޕްތަކުގައި 350،000 އަށް ވުރެ ގިނަ މީހުންނަށް އިންފެކްޝަން ބަލިތަކެއް ޖެހިފައިވާ ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ޣައްޒާއިން ވަނީ ދުނިޔޭގެ ހުރިހަ ގައުމަކުން ވެސް ޣައްޒާއަށް އެހީވުމަށް އެދި ގޮވާލާފައެވެ.