މަޖިލީސް އިންތިހާބަށް 350 މުވައްޒަފުން ބޭނުންވަ ކަމަށް އިލެކްޝަން ކޮމިޝަންގެ(އީސީ) ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް މިހެން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައުގައި މިއަދު ކުރެއްވި ޓްވީޓް އެއްގައެވެ. މި ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މަޖިލީސް އިންތިހާބަށް މުވައްޒަފުން އައްޔަނު ކުރުމަށް މިވަގުތު ދަރުބާރުގޭގައި އިންޓާރވިއު ތަށް ކުރިއަށް ދާ ކަމަށެވެ.

މަޖިލީސް އިންތިހާބަށް މުވައްޒަފުން އައްޔަނު ކުރުމައްޓަކައި އީސީއިން ވަނީ ޖޮބްފެއާރ އެއް ބާއްވަން ނިންމައިފައިއެވެ. މި ޖޮބް ފެއާރ ކުރިއަށް ދާނީ މިމަހު 23 އަދި 24 ވަނަ ދުވަހުއެވެ. މި ދެދުވަހު ހެނދުނު ދިހައަކުން ރޭނގަޑު ދިހައެއް ޖަހަންދެން ދަރުބާރުގޭގައި ވަޒީފާއަށް ކުރިމަތި ލައިފައިވާ ބޭފުޅުންގެ އިންޓާރވިއު ނެގޭނެއެވެ.