ރާއްޖޭގެ 5 ސަރަހައްދެއްގައި އިސްލާމީ މަރުކަޒުތަކެއް އަޅަނީ

0
ރާއްޖޭގެ 5 ސަރަހައްދެއްގައި އިސްލާމީ މަރުކަޒުތަކެއް އެޅުމަށް ސަރުކާރުންވަނީ ނިންމާފައި

ރާއްޖޭގެ ފަސް ސަރަހައްދެއްޤައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރުތަކުގެ ޢަމީލީ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ. އެތަންތަން ޤާއިމްކުރަނީ “ބައިތުލް ޙިކްމާ”ގެ ނަމުން ތަފާތު ފޮތްތަކާއެކު ޢިލްމީ މަރުކަޒެއް ހިމިނޭގޮތަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ މިސެންޓަރުތައް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ. މިގޮތުން މިސެންޓަރުތަކުގެ ޑިޒައިން ކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ނިންމަ އަންނަ އަހަރު ސެންޓަރުތައް ޤާއިމްކުރަން ޖެހޭ ތަންތަން ކަނޑައަޅާ ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ފަށާނެއެވެ.

ފަސް ސަރަހައްދެއްގައި ޤާއިމްކުރާ އިސްލާމިކް ސެންޓަރާއެކުތަފާޓު ފޮތްތަކާއެކު ފޮތްތަކާއެކު ޢިލްމީ މަރުކަޒެއްވެސް ޤާއިމްވެގެން ދާނެކަމަށެވެ. އަދި އެތަންވެސް ތަރައްޤީ ކުރާނީ ދީނީ އެކި މަޢުލޫމާތުތަކަށް ބަހުސް ކުރެވޭނެ އިންތިޒާމާއި ދީނާ ގުޅުންހުރި އެކި މަސައްކަތްތައް ކުރެވޭނެ ގޮތަށްކަމަށެވެ. ޢާއްމުގޮތެއްގައި މިފަދަ ލައިބްރަރީތަކުގައި ހިސާބާއި، ފަލަކީ އިލްމުގެ ފޮތްތަކާއި، ސައިންސާއި، ބޭސްވެރިކަމާއި، ފާރިސީންގެ ތަފާތު ފޮތްތަކާއި، އެހެނިހެން އިލްމީ ފޮތްތައް ހުރެއެވެ.

Advertisements

ސަރުކާރުން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ވަނީ 2023ގެ ނިޔަލަށް މަދުވެގެން އެއް ހައުސް އޮފް ވިޒްޑަމް ޕަބްލިކް އެކެޑަމީ އެންޑް އިންޓެލެކްޗުއަލް ސެންޓަރ ޤާއިމްކޮށް ޚިދުމަތްދޭން ފަށަން ވަނީ ނިންމާފައެވެ. ރާއްޖޭގައި މިހާރު ހުރީ އެންމެ ދެ އިސްލާމީ މަރުކަޒެވެ. އެއީ މާލޭގައި ހުރި އިސްލާމީ މަރުކަޒާއި ގދ.ތިނަދޫގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒެވެ.

މީގެ އިތުރުން ރ.އުނގޫފާރުގައިވެސް އިސްލާމީ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިގޮތުން އަންނަ އަހަރަށް ދަޢުލަތުން ލަފާކޮށްފައިވާ ބަޖެޓުގައި ވަނީ މިކަމަށް ތިނެއް ޕޮއިންޓް ދޭއް މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން މާލޭގައި ހުރި އިސްލާމީ މަރުކަޒު ސަޢޫދީއަރަބިއްޔާގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ޚަލީފާ ބިން ޒައިދު އަލްނަޙްޔާން ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ދަނީ މަރާމާތު ކުރަމުންނެވެ. މިގޮތުން މިހާރު އެމަސައްކަތުގެ ފަންސާސް އިންސައްތަ މަސައްކަތް މިހާރު ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި މަސައްކަތުގެ ދަށުން މިސްކިތުގެ ސައުންޑް ސިސްޓަމާއި، ހުރިހާ ބޮކިތަކާއި ފަންކާތައް މިހާރު ބަދަލުކޮށް ނިމިފައިވާކަމަށެވެ. އަދި މިސްކިތުގެ އެތެރޭގައި އެއްކޮށް ކުލަލުމާއި، ލަކުޑީގެ ބައިތައް ސާފުކޮށް އަލުން ވަރުނީސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisements