އުމްރާގެ އަޅުކަން އަދާ ކުރުމަށް ގޮސް އުޅެނިކޮށް ދިވެއްސަކު މައްކާގެ ބިމުގައި ނިޔާވެއްޖެއެވެ.

އުމްރާގެ އަޅުކަން އަދާކުރަން ގޮސް ހުއްޓާ ނިޔާވެފައި ވަނީ ހދ ހަނިމާދޫ / އަލަމާގޭ، ހާލިދު އިބްރާހީމް ނަމަކަށް ކިޔާ 68 އަހަރުގެ މީހެކެވެ.

މީގާތު އުމްރާ ގްރޫޕުން މައުލޫމާތު ދިން ގޮތުގައި ހާލިދު ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. (މާތްﷲ އެއަޅާގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާނދޭނވެ! އާމީން!)

ހާލިދުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު މަސްޖިދުލް ހަރަމް ގައެވެ.

މީގާތު ހައްޖު ގްރޫޕުން ހާލިދު ނިޔާވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާތަނަށް އުމްރާގެ އަޅުކަމުގައި ގޮސް ތިބި މީހުންގެ ތެރެއިން މިއަހަރު ވަނީ ފަސް މީހަކުނިޔާވެފައެވެ.