ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މީޑިއާ ވިލެޖެއް ގާއިމު ކުރުމަށް ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މީޑިއާ ވިލެޖެއް އެކުލަވާލުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މީޑިއާ ވިލެޖް ގާއިމު ކުރުމުގެ މަސައްކަތް ފެށޭނެ ތާރީހެއް ނުވަތަ މި މަސައްކަތަށް ދާނެ ހަރަދުތަކުގެ ތަފްސީލެއް އަދި ހާމަ ކުރައްވާފައެއް ނެތެވެ.