ޕާކިސްތާން އިންޓަރނޭޝަނަލް އެއަރ ލައިން (ޕީއައިއޭ) ގެ ޕައިލެޓުންތަކަކަށް ގޮތްނޭނގޭ އެއްޗެއް (ޔޫއެފްއޯ) އުޑުން ފެނިއްޖެއެވެ.

ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި މި " ޔޫއެފްއޯ '' ފެނިފައިވަނީ ޕާކިސްތާނުގެ ސިޓީއެއް ކަމުގައިވާ ކަރާޗީ އިން ލަހޯރްއަށް ކުރި ދަތުރެއްގެ ތެރެއިން ރަހިމް ޔާރް ޚާން ކިޔާ ސިޓީ ކައިރިންނެވެ.

މި ޔޫއެފްއޯ ފެނުނު ޕައިލެޓުންގެ ތެރެއިން އެކަކު ބުނެފައިވަނީ ދުވާލުގެ ވަގުތު ނަމަވެސް މި ޔޫއެފްއޯ ވަރަށް އަލިގަދަކޮށް ފެނުނު ކަމަށެވެ. ދުވާލުގެ ވަގުތުގައި އަލިގަދަ ކޮށް ޔޫއެފްއޯ އެއް ފެނިފައި ވަނީ ވަރަށް މަދު ފަހަރަކުއެވެ. އުޑުން މި ފެނުނު އެއްޗަކީ " ޕްލެނެޓް " އެއް ނުވަތަ ތަރިއެއް ނޫން ކަމަށް ވެސް މި ފްލަޓުގެ ޕައިލެޓުވަނީ ބުނެފައެވެ. އޭތި އުޑުގައި ދަތުރުކުރި ކަމަށާއި އަދި ދޭތެރެއަކުން އޭތި ނިވި ދިއްލުނުކަމަށް ވެސް ވަނީ ބުނެފައެވެ.

ރަހިމް ޔާރު ޚާން ގެ ގިނަ ރައްޔިތުންނަށް ވެސް މި ވަނީ ފެނިފައެވެ. އެމީހުންގެ ވަނީ އެ ވިޑިއޯ ވެސް ކޮށްފައެވެ.

ބޭރުގެ ނޫހެއް ކަމުގައިވާ ޖިއޯ ނޫހުގައި ލިޔެފައިވާ ގޮތުގައި، އެ ނޫހާ ވާހަކަ ދައްކަމުން "ޕީއައިއޭގެ" ތަރުޖަމާނު ބުނެފައިވަނީ މި ޔޫއެފްއޯ ފެނިފައިވަނީ 23 ޖެނުއަރީ ގައި ކަމަށެވެ. ޔޫއެފްއޯ ފެނިފައިވާ ކަމަށް ބުނަނީ ހަވީރު ހަތަރެއް ޖަހައިއެހައިކަންހާއިރު ކަމަށް ވެސް ބުނެފައިވެއެވެ. ފެނުނު އެއްޗަކީ ޔޫއެފްއޯ އެއް ކަމަށް ޔަގީންކަމާއެކު ބުނަން އަދި ދަތި ކަމަށް ވެސް އޭނާ ބުންޏެވެ. އެ ފެނުމުން ކެޕްޓަން ވަނީ އެވާހަކަ ވަގުތުން ކޮންޓްރޯލްރޫމާ ހިއްސާ ކޮށްފައެވެ.

"ފެނިފައިވަނީ މި ވަނީ ކޯޗެއްކަން ޔަގީން ކަމާއެކު ބުނަން އަދި އަވަސް. ފަހަރެއްގައި މިއީ ކޯއްޗެއްކަން ބުނެވެން ނެތުމަކީ ވެސް ވުން އެކަށީގެންވާކަމެއް. ކޮންމެ ގޮތެއް ވިޔަސް އުޑުން މި ވަނީ ގޮތް ނޭނގޭ އެއްޗެއް ފެނިފައި އަދި މިކަން މި ވަނީ މި ކަން އަންގަން ޖެހޭ ފަރާތްތަކަށް އަންގަން ޖެހޭ ޕްރޮޓޮކޯލް ގެ ދަށުން އަންގާފައި" ތަރުޖަމާނު ބުނެފައިވެއެވެ.