ޣައްޒާގެ މެދުތެރޭގައި އޮންނަ އައްޒަވޭދާ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާގެ ސަބަބުން އެތައް ބަޔަކު މަރުވެ ޒަޚަމްވި ކަމަށް އަލްޖަޒީރާ ޓީވީ ޗެނަލުން ބުނެފި އެވެ.

އައްޒަވޭދާއަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ބަޔާން ކޮށްފައެއް ނުވެއެވެ. އަލްޖަޒީރާ ޓީވީ ޗެނަލުން ބުނީ އިޒްރޭލުގެ ޒަޔަނިސްޓުން ދަނީ ޣައްޒާގެ ޙާން ޔޫނިސް އަށް ހުއްޓުމެއްެނެތި ހަމަލާ ދެމުން ކަމަށެވެ. އަދި ޣައްޒާގެ ތެރޭގައި އިޒްރޭލުގެ ސިފައިން މަރާމާރީ ތަކެށް ހިންގަމުންދާ ކަމަސްވެސް އެ ޗެނަލުން ބުނެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ޣައްޒާގެ ރައްޔިތުންގެ އަދަދު 21،300 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، 55،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި މީގެތެރެއިން 70 އިންސައްތަ ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.