އިޒްރޭލުގެ ޒަޔަނިސްޓުން ފަލަސްތީނުގެ ވެސްޓް ބޭންކަށް ދިން ހަމަލާއެއްގައި 6 މީހަކު ޝަހީދުވެއްޖެއެވެ.

އިޒްރޭލުން ވަނީ ހުކުރު ދުވަހުގެ ހެނދުނު ވެސްޓް ބޭންކަުގެ ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ސިޓީއަށް ވައިގެ ހަމަލާއެއްދީފައެވެ. މިހަމަލާގައި ފަލަސްތީނުގެ 6 މީހަކު ވަނީ ޝަހީދުވެފައެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ބުނާގޮތުގައި މި ހަމަލާއަކީ އިޒްރޭލުން ރާވައިގެން ގަސްތުގައި ދީފައިވާ ހަމަލާއެކެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ޣައްޒާގެ ރައްޔިތުންގެ އަދަދު 21،300 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، 55،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި މީގެތެރެއިން 70 އިންސައްތަ ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.