އިންޑިޔާއިން ހާއްސަަ ތަމްރީނުތަކެއް ހެދުމަށް ދިވެހިން ނަރުހުންގެ ޓީމެއް ފުރައިފިއެވެ.

މިޓީމުގައި އިންޑިޔާއަށް މިފަހަރު ފުރީ ނަވާރަ ނަރުހުންނެވެ. އެއީ ގއ. އަތޮޅު ހޮސްޕިޓަލާއި ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ ހޮސްޕިޓަލާއި ފުވައްމުލަކު ހޮސްޕިޓަލު އަދި ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކެކެވެ. މިކަން ހާމަކުރައްވާފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުންނެވެ.

މިއީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ގެ ފަރާތުން ކުރިއަށް ގެންދާ "ނާސިން ލީޑަޝިޕް އެންޑް މެނޭޖްމެންޓް ޕްރޮގްރާމް" އެކެވެ.

މި ތަމްރީނު ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން މި މަހުގެ 18 ގެ ނިޔަލަށެވެ.