ފުލުހުންގެ ކޮންސްޓަބަލް، ސާޖަންޓް ގްރޭޑް 1،2،3، ސީނިއަރ ސާޖަންޓް ގްރޭޑް 1 އަދި 2 ގެ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެންނެވެ.

ފުލުހުން ބުނީ ވަޒީފާއަށް މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ކަމަށެވެ

މި މަގާމުތަކުގެ ތެރެއިން ކޮންސްޓަބްލްގެ މަގާމުގެ ޝަރުތުތައް:

  • - އެސް.އެސް.ސީ އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން
  • - ފިރިހެނަކު ނަމަ، އިސްކޮޅުން 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 ފޫޓް ހަމަވުން

ކޮންސްޓަބަލް މަގާމަށް ހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެެންވަރާއި، ތަޖުރިބާއަށް ރިޢާޔަތްކޮށް ދެންނެވިފައިވާ އިސްކޮޅު ހަމަނުވިކަމުގައިވީނަމަވެސް ފޯމު ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ސާޖަންޓް ގްރޭޑް 1 މަގާމުގެ ޝަރުތުތައް

- އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ 6 (ހައެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ސާޖަންޓް ގްރޭޑް 2 މަގާމުގެ ޝަރުތުތައް

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ހާޞިލްކޮށްފައިވުން.

ސާޖަންޓް ގްރޭޑް 3 މަގާމުގެ ޝަރުތުތައް

- އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ސީނިއަރ ސާޖަންޓް ގްރޭޑް 1 މަގާމުގެ ޝަރުތު

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާޞިލްކޮށްފައިވުން.

ސީނިއަރ ސާޖަންޓް ގްރޭޑް 2 މަގާމުގެ ޝަރުތު

- އޮޕަރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާޞިލްކޮށްފައިވުން.

މިޝަރުތުތަކުގެ އިތުރުން މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތެއްކަމުގައި ވާންޖެހެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ އާންމު ޝަރުތު ފުރިހަމަވެފައިވާ ފަރާތަކަށް ވާންޖެހެއެވެ.

މީގެއިތުރުން ފުލުހުން ބުނީ ފުލުހުން ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތާއެކު 2024 ފެބްރުއަރީ 18 ވަނަ ދުވަހު 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދޭކަމަށެވެ.

އަދި މަގާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށްވެސް ފުލުހުން ބުނެފައިވެއެވެ.