މާރިޗް 15ގެ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ރާއްޖެއާއި އިންޑިއާގެ އިސް އޮފިޝަލުން ހިމެނޭހެން އުފައްދަވާފައިވާ ހައި ލެވެލް ކޮމިޓީގެ މަޝްވަރާ ބައްދަލުވުމެއް ކުރިޔަށް އެބަދެއެވެ.

މި ކޮމިޓީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާ ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގެން އުފެއްދެވި ކޮމިޓީއެކެވެ. މި ކޮމިޓީއަކީ ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީއެއް ވަނީ އުފައްދަވާފައެވެ.

މި ކޮމެޓީގެ ބައްދަލުވުމެއް ޚާރިޖީ ވުޒާރާގައި މިހާރު ކުރިޔަށް އެބަދެއެވެ.

ބައްދަލުވުމަށް އިންޑިއާ ހައި ކޮމިޝަނުން ހާޒިރުވެފައިވަނީ މިއަދު ހެނދުނު 9:30ގައެވެ. އެ ވަފުދުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރާއި، ހައިކޮމިޝަނުގެ އިސް ބޭފުޅުންގެ އިތުރުން، އިންޑިއާ ސިފައިންގެ އިސް ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި, މި ބައްދަލުވުން ނިމުމުން، ބައްދަލުވުމާ ގުޅޭ އިތުރު މަޢުލޫމާތު ޚާރިޖީ ވުޒާރާއިން ހާމަކުރައްވާނެއެވެ.