ލިޓަސް އޮޓޯމޯބައިލްސްގެ ސީއެސްއާރުގެ ދަށުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑަށް ހައުޖިއު ބްރޭންޑްގެ ތިން ސައިކަލް ހަދިޔާކޮށްފިއެވެ.

ލިޓަސް އޮޓޯ މޯބައިލްގެސް ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސައިކަލްތައް އެމްއެެންޑީއެފާ ހަވާލުކޮށްދެއްވީ ލިޓަސް އޮޓޯމޯބައިލްސްގެ ޖެނެރަލް މެނޭޖަރ، އަހްމަދު ޒާހިރުއެވެ.

އެމްއެންޑީއެފްގެ ފަރާތުން ސައިކަލްތަކާ ހަވާލުވެލެއްވީ މާލެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދުއެެވެ.

މި ސައިކަލްތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ކޮމްޕޯނަންޓްތަކުގެ އޮޕަރޭޝަނަލް ބޭނުންތަކުގައެވެ. ލިޓަސް އޮޓޯ މޯބައިލްސްއިން މާލެ އޭރިއާ ކޮމާންޑަރ ހަދިޔާ ކުރައްވާފައިވަނީ ހައުޖިއު ޓީއާރު 150އެސްގެ ނޫ ކުލައިގެ ތިން ސައިކަލެވެ.