މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވައިލައިފިއެވެ.

އެންޑީއޭއިން ބުނީ މިކަމާ ގުޅޭ މައުލޫމާތު ދިނުން މި މަހުގެ 17 ވަނަ ދުވަހުގެ 10:00 ގައި އެ އިދާރާގައި އޮންނާނެކަމަށާއި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 22 ވަނަ ދުވަހުގެ 10:00 ގައިކަމަށެވެ.

އަދި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ބުނާ "ނޭޝަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތު" ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން 'މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނޭ ކަމަށް އެންޑީއޭއިން ބުންޏެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމު އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1 ޖެހުމުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.