ފަލަސްތީނުގެ ރަފާގައި އިސްރާއީލުން ދިން ހަމަލާއެއްގައި ގެއެއް ގޮއްވާލައި ކުޑަކުދިން ހިމެނޭ ގޮތަށް 12 މީހުންގެ މުޅި އާއިލާއެއް ޝަހީދުކޮށްލައިފިއެވެ.

މިހަމަލާގައި އެތައް ސަތޭކަ ބައެއް ޝަހީދުކޮށްލައި، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

އީރާގާއި ސީރިޔާއަށް އިޒްރޭލުން ދިން މިސައިލް ހަމަލާތަކަށްފަހު، ޒަޔަނިސްޓް ވެރިކަމުގެ އަނިޔާވެރި އަމަލުތަކަށް ހަމަލާތައް ކުރިއަށް ގެންދިއުމަށް އީރާނުން ވަނީ ވައުދުވެފަ އެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 24،285 މީހުން ޝަހީދުވެ، 61،154 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރަ އެވެ.