ހިރިޔާ ސްކޫލާއި ސޯޝަލް ސެންޓަރާ ދެމެދު ބަންދުކޮށްފައި އޮތް ސަބުދެލި މަގު ހަތް އަހަރަށްފަހު ހުޅުވައިފިއެވެ.

ސަބުދެލިމަގު ސާފު ކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މި މަހުގެ ކުރީކޮޅު ފަށައި، އެ މަގު މިހާރު ސާފުކުރުމުގެ މަސައްކަތްކޮށް ނިމުމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ވަނީ މަގުގެ ގައު އެތުރުމުގެ މަސައްކަތާއި ސްޓޯމް ވޯޓަރ ގާއިމް ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ މަގު ކުރެހުމުގެ މަސައްކަތެވެ.

ސަބުދެލި މަގު ބަންދުކޮށްފައި އޮންނަތާ ހަތް އަހަރު ވަނީ ވެފައެވެ. އެމަގު ބަންދުކުރީ ލަގްޒަރީ އެޕާޓްމަންޓުތަކެއް އެޅުމުގެ ބޭނުމުގައެވެ. ނަމަވެސް އެ މަސައްކަތް މިހާތަނަށް ފެށްޓިފައެއް ނުވެއެވެ.