ޤައުމީ ފެންވަރުގައި”މާމާ،ކާފަ ދުވަސް”ފާހަގަކުރަން ނިންމައިފި

0

ޤައުމީ ފެންވަރުގައި ޤައުމީ މާމަ، ކާފަ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަސް 2020 ވަނަ އަހަރުން ފެށިގެން، ފާހަގަކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިއީ މި ފަދަ ދުވަހެއް ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ޤައުމީ ފެންވަރުގައި މާމަ، ކާފަ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުން ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންނަށް ލިބިފައިވާ ތަޖުރިބާއާއި މަޢުލޫމާތު ޙިއްޞާކުރުމަކީ މުހިންމު ކަމެއްކަން ހާމަކޮށްދިނުމާއި، މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ގިންތިއަކާއި، ފަންތިއެއްގެ ބަޔަކު ވެސް ހަވާސާކުރުމެއްނެތި އެންމެންގެ ބައިވެރިވުން އެކުލެވޭ ވެއްޓެއްގެ ގޮތުގައި މުޖުތަމަޢު ހެދުމެވެ.

Advertisements

އެ ގޮތުން ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތަކުގައި ޤައުމީ އަދި ބައިނަލްއަޤުވާމީ އެހެނިހެން ދުވަސްތައް ފާހަގަކުރާ ގޮތަށް ޤައުމީ މާމަ، ކާފަ ދުވަސް ފާހަގަކޮށް، ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި މާމައިންނަށާއި ކާފައިންނަށް ލޯތްބާއި އަޅާލުމާއި، އިޙްތިރާމް އެންމެ މަތީދަރަޖައަކަށް އަށަގަނެވި ތިން ޖީލު ގުޅިގެން އެކުވެރި، އަޅައިލާ އަދި އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ފުރުޞަތު ލިބިދިނުމަށް މިދުވަސް ފާހަގަ ކުރުމަކީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަރަށް ބޮޑަށް އެދިލައްވާކަމެއްކަމަށް އެމިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ބަޔާންކުރެވިފައިވެއެވެ.

http://gazette.gov.mv/iulaan/view/119834

Advertisements