ނިމިދިޔަ 2023 ވަނައަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 89.5 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، މި އަދަދަކީ އޭގެ ކުރީ އަހަރު، 2022 ގައި ލިބުނު 92.6 މިލިޔަނާއި އަޅާކިޔާއިރު 3 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ އޭޕްރިލް މަހުއެވެ. އެމަހު 22.3 މިލިޔަން ރުފިޔާ ދައްކާފައިވެއެވެ.

އެގޮތުން 2022ވަނަ އަހަރުގެ ޑިސެމްބަރުމަހު މުދަލު ޒަކާތުގެގޮތުގައި 11.0 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މި ޢަދަދު މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ހުރީ 5.7 މިލިއަން ރުފިޔާގައެވެ. މިއީ 2022 ވަނައަހަރުގެ ޑިސެންބަރު މަހުގައި ލިބުނު އަދަދާއި އަޅާކިޔާއިރު ދެގުނަ ދަށް އަދަދެކެވެ. .

އިސްލާމިކް މިނިސްޓްރީއިން މުދަލު ޒަކާތުގެ ނިސާބް ހަމަވާ އަދަދެއްގެ ގޮތުގައި މިދިޔަ އޮގަސްޓު މަހު ކަނޑައަޅާފައިވަނީ 7151.90 އެވެ.