މަޝްހޫރު ޓިކްޓޮކް ތަރި، ބްރަޔަން ބާޗެކް ނިޔާވެއްޖެއެވެ.

އުމުރުން 54 އަހަރުގެ ބްރަޔަން ބާޗެކް އަކީ މަޝްހޫރު ޓިކްޓޮކް އަދި ޔޫޓިއުބްގެ ތަރިއެކެއެވެ. އޭނާ ނިޔާވި އިރު އޭނާގެ ޓިކްޓޮކް އެކައުންޓުގައި 7.2 މިލިޔަން ފޮލޮވަރުން ތިއްބެވެ. އަދި ޔޫޓިއުބް ޗެނެލްގައި 6 މިލިޔަނަށް ވުރެގިން ފޮލޮވަރުން ތިއްބެވެ. އޭނާ އަކީ ދިރޭ ސޫފާސޫފި، އަދި ޖަނަވާރުގެ ބާވައްތަކަަށް ވިޑިއޯ ހަދާ މީހެކެވެ. އޭނާގެ ވިޑިއޯތަކުން އާންމުކޮށް ނުފެންނަށް ވިހަގަދަ ސޫފާސޫފި އަދި އާދަޔާ ހިލާފު ޖަނަވާރުތައް ދައްކުވައިދެއެވެ.

2022 ވަނައަހަރުގެ ކުރީ ކޮޅު ބްރަޔަން ވަނީ ސްޓޭޖް 2 ގެ ޕޭންކްރިއެޓިކް ކެންސަރުގެ ބައްޔަށް ޑައިގޮނޯސްކުރެވިފައެވެ. އެއަށްފަހު މާގިނަ ދުވަސްތަކެއް ނުވެ އޭނާ ވަނީ ސްޓޭޖް 4 ޕޭންކްރިއެޓިކް ކެންސަރަށް ޑައިގްނޯސްކުރެވިފައެވެ. އޭނާ ކެންސަރުގެ ވޭން އެތަސް ދުވަސްތަކެއް ވަންދެން އިހުސާސް ކުރުމަށް ފަހު މި މަހު 5 ވަނަ ދުވަހު އޭނާ ޔޫޓިއުބް ޗެނަލްއަށް އޭނާއަށް ތާއިދު ކުރާމީހުންނަށް އަލްވަދާއު ކިޔުމަށް ވިޑިއޯއެއް ވަނީ އަޕްލޯޑު ކޮށްފައެވެ. މި ވިޑިއޯގައި ބްރަޔަން ވަނީ އޭނާ ދުނިޔޭގައި މާ ގިނަ ދުވަސް ތަކެއް ވަންދެން ނުހުއްނާނެ ކަމަށް ބުނެ އޭނާގެ ފޭންސް އަސް އަލްވަދާއު ކިޔާފައެވެ. މި ވިޑިއޯ އަޕްލޯޑް ކުރިތާ 9 ދުވަސް ފަހުން ޖެނުއަރީ 14 ގައި ބްރަޔަން ނިޔާވެއްޖެއެވެ.

ބްރަޔަން ގެ މަރަސް ފަހު އެތަށް ސަތޭކަ މީހުން އެއްވެ، ބްރަޔަން ގެ ހަދާނުގައި ހިނގާލުމެއް ބޭއްވިއެވެ. އަދި އެތައް ބަޔަކު ދަނީ ބްރަޔަން މަރުވުމުގެ ސަބަބުން ހިތާމަ ފާޅު ކުރަމުންނެވެ.