ދިރާގުން ކުރިއަށްގެންދާ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ޓެސްލާ ކާރު ދައްކާލައިފިއެވެ.

އެ ޕްރޮމޯޝަންގެ އަގުހުރި އިނާމު ދައްކާލާފައިވަނީ އިއްޔެ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ.

'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށްވެސް އެ ޕްރޮމޯޝަންގައި ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު ކޮންމެ ކަސްޓަމަރަކަށްވެސް ޝަރުތު ފުރިހަމަވާ ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށް، ޓެސްލާ ކާރެއް ކާމިޔާބުކުރުމުގެ ފުރުސަތު އިތުރުކޮށްލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އެ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://bit.ly/45R88YM އިން ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.