އައްޑޫ ސިޓީއަށް މިފަހަރު ހޮވާންވާނީ ފިސާރި މޭޔަރެއް، އެއީ އަދުހަމް

0

އަންނަ ލޯކަލް ކައުންސިލް އިންތިޚާބާ ކުރިމަތިލަނީ ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނެސް މޭޔަރުންނާއި ޑެޕިޔުޓީ މޭޔަރުން ވަކިން ހޮވާގޮތަށެވެ. ހަމަކަށަވަރުން މިއީ އިންތިޚާބު އިތުރަށް ފޯރިގަދަވެގެންދާނެ ކަމެކެވެ. މިއިންތިޚާބުގައި އެންމެ ފޯރިއެއް ހިއްޕާލާނީ އައްޑޫ ސިޓީގައެވެ.

އައްޑޫ ސިޓީގެ އެންމެން ވެސް ބޭނުންވަނީ އެމީހުންގެ މޭޔަރަކަށް ފިސާރި ބޭފުޅެއް ވަޑައިގެންނެވުމެވެ. އެއީ އައްޑޫ ރައްޔިތުންނަކީ ވެސް ފިސާރިކެރޭ އެހާމެ ބޮޑަތަށް ތަރައްޤީގެ ޚިޔާލު ގެންގުޅޭ މީހުންނަށް ވާތީއެވެ. އެމީހުންނަށް ބޭނުންވަނީ ވެސް އެފަދަ ޚިޔާލުގެ ބޭފުޅެއްތާއެވެ. އައްޑޫ ރައްޔިތުންގެ އުންމީދުތައް ރަނުންރަނަށް އަކުރުން އަކުރަށް ތިލަފަތަށްލައި ހަމަހަމަ ކުރުމަށްފަހު ޚިދުމަތްދެއްވާނީ އަޙުމަދު އަދުހަމެވެ. އައްޑޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަދުހަމެވެ.

Advertisements

އޭނާ ވަނީ އައްޑޫސިޓީގެ މޭޔަރު ކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް ނިންމަވައިފައެވެ. މިފަދަ ޚިދުމަތެއް ކޮށްދެއްވުމަށް އޭނާ ކަމަރު މިބެންނެވީ އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް އެދިގެން ކަމަށް އަދުހަމް ވިދާޅުވިއެވެ. އޭނާ އައްޑޫސިޓީގެ ދާއިރާގެ ރައީސްކަން ކުރައްވަން ފަށްޓަވައިފައިވަނީ 2010 ވަނަ އަހަރުއެވެ. އަދާ ހަމައަށް އެމަޤާމުގައި ހުންނެވިހުންނެވުމުން ދަލީލުކޮށްދެނީ ރައްޔިތުންނާއި ޕާޓީއަށްއޮތް ލޯތްބެވެ. އިތުބާރެވެ.

އަދުހަމަކީ އެމްޑީޕީ އުފެދުނީއްސުރެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެގޮތެއްނުވެ ސާބިތުކަމާއެކު ދެމިހުންނެވި ވަފާތެރި މެމްބަރެކެވެ. އެމްޑީޕީގެ ފުރަތަމަ ވަލީކޮމެޓީ އުފެދި ރާއްޖޭން ބޭރުގައި ހަރަކާތްތެރި ވަމުން ދިޔަ އިރުވެސް، އިންޓަރނެޓް މެދުވެރިކޮށް އަދުހަމްވަނީ ވޯޓްދީފައެވެ. އޭނާއަކީ އާދަޔާ ޚިލާފު ބޭފުޅެކެވެ. ނުގުޑާ ފަދަ ޢަޒުމެއްގެ ބޭފުޅެކެވެ. އައްޑޫ ސިޓީ ފޭދުއަށް ނިސްބަތްވާ ދަރިއެކެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުއްވަނިކޮށް އެކިފަހަރުމަތީން ޖަލަށް ގެންގޮސްފައިވެއެވެ. އެކަމުގެ ތެރޭގައި އެތައް ވޭނެއް ތަހައްމަލް ކުރަން ވެސް އޭނާއަށް ޖެހުނެވެ. އަނިޔާއާއި ހިތްދަތިކަމެވެ. އެހެންނަމަވެސް އޭނާގެ ނުގުޑާ ޢަޒުމާއި ހިތްވަރާއެކު އަދިވެސް އެހުންނެވީ ޕާޓީގެ ދިފާޢުގައި ފައިވިއްދައިފައެވެ.

އޭނާ ވަނީ މަޝްހޫރު ގޮތަށް ބުނާ ކަމަށްވާނަމަ 12،13 ގެ ހާދިސާގައި 75 ދުވަސް ވަންދެން ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކޮށްފައެވެ. ތަފާތު 7 ފަހަރެއްގެ މަތީން އޭނާވަނީ 153 ދުވަސް ޖަލުގައި ހޭދަކޮށްފައެވެ. މިހުރިހާ ފަހަރުތަކުގައިވެސް އަދުހަމް ޖަލަށް ދާންޖެހިފައިވަނީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން ރައްޔިތުންގެ ހައްގުގައި ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ.

އަދުހަމަކީ މިހާރުވެސް އެމްޑީޕީގެ އެކި ކޮމެޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މެމްބަރެކެވެ. އެގޮތުން ހައްގުކޮމެޓީ، އިންސާފުކޮމެޓީ، ގައުމީ މަޖިލިސް ފާހަގަކޮށްލަންޖެހެއެވެ.

އަދުހަމު ތަޢުލީމް ޙާސިލް ކުރެއްވީ އެމްއީއެސްއާއި، ސީއެޗްއެސްސީ އިންނެވެ. އެފަހުން އާކިޓެކްޗަރ ދާއިރާއިން ތަޢުލީމް ހާސިލް ކުރެއްވިއެވެ. އަދުހަމަކީ، 2008 ވަނަ އަހަރު ޕްރޮވިންސް އޮފީހުގެ ނާއިބުކަމާއި، ގައުމީ އިދާރާގެ ވެރިކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނާއިބުކަންވެސް ކުރައްވާފައިވާ ތަޖުރިބާކާރު ހިންގުންތެރި ވިސްނުންތެރިއެކެވެ.

އަދުހަމީ އެންމެނާ ގާތް ގުޅުން ބާއްވާ ބޭފުޅެކެވެ. އެހާމެ ސާދާ މިޒާޖެކެވެ. ތިޔަ ބޭފުޅުން ޖައްސަވާ އެންމެ ފާހަގައަކުން އަދުހަމު މޭޔަރަކަށް ހޮވިދާނެއެވެ. ނަތީޖާ ފޮނިވާނެއެވެ. ތިޔަ ބޭފުޅުންގެ އައްޑޫ ސިޓީގެ ތަރައްގީގެ ހުރިހާ ސޯބުތަކެއް އެނބުރެންފަށާނެއެވެ. މޭޔަރަކަށް އަދުހަމް އިންތިޚާބު ކުރުމަކީ އޭނާގެ އެދުމެވެ.

Advertisements