އިންޑިއާގެ ރާޖޫރީގައި ދުއްވަމުން ދިޔަ ބަހެއް ކަހަލައިގެން ކައިރީގައި އޮތް ވާދީއަކަށް ވެއްޓި އެކަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.

މި ބަސް އެކްސިޑެންޓްގައި މަރުވީ ޕްރިޓާމް ލާލް ކިޔާ އަންހެނެކެވެ. މި އެކްސިޑެންޓްގައި 17 އެއްހާ މީހުންވަނީ ޒަހަމް ވެފައެވެ. މީގެ ތެރޭގައި އަށް އަންހެނުންނާއި ތިން ކުޑަކުދިން ހިމެނެއެވެ. މި އެކްސިޑެންޓް ހިނގިތާ މާގިނަ އިރެއް ނުވަނީސް ފުލުހުން ވަނީ ޒަހަމްވި މީހުން ހޮސްޕިޓަަލަށް ގެންގޮސްފައެވެ.

ޓެރްޔާތުން ޕޫނީއަށް ދަތުރު ކުރަމުން ދިޔަ މި ބަސް ކަހައިލައިގެން ވެއްޓުނީ ސަރްޔޯ ސަރަހައްދުގައެވެ. އިންޑިއާއަކީ ދުނިޔޭގައި ބަސް އެކްސިޑެންްޓް އެންމެ ގިނަ އެއް ގައުމެވެ. މިގޮތުން ނިމިދިޔަ 2023 ވަނަ އަހަރު 664 ބަސް އެކްސިޑެންޓް ވަނީ ހިނގާފައެވެ. އަދި އޭގެ ކުރީ އަހަރު 583 ބަސް އެކްސިޑެންޓް ވަނީ ހިނގާފައެވެ.