ރަޝިޔާގެ ފަރާތުން ސީދާ ނުވަތަ ގާތް ނުރައްކަލެއް ނުފެނޭ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވެއްޖެއެވެ.

'ނޭޓޯގެ އެއްވެސް ހިސާބަކަށް ސީދާ ނުވަތަ ގާތް ނުރައްކަލެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ހަމަގައިމުވެސް، ރަޝިޔާއިން ކުރާ ކަންތައްތައް ވަރަށް ހުށިޔާރު ކަމާއެކީ އަޅުގަނޑުމެން މިދަނީ މޮނިޓަރ ކުމުރަން،' ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމައަށް ނިކުތުމުން ނޭޓޯއިން ދެ އަމާޒެއް ކަނޑައެޅިއެވެ. ފުރަތަމަ އަމާޒަކީ މި ހަނގުރާމައިގައި ޔޫކްރެއިންއަށް ތާއިދު ކުރުމެވެެ. އަދި ދެވަނަ އަމާޒެއްގެ ގޮތުގައި ސްޓޮލްޓެންބަރގް ފާހަގަ ކުރެއްވީ ނޭޓޯ އާއި ރަޝިޔާއާ ދެެމެދު ސުހްލަކަން ގާއިމުކޮށް، އެގައުމާ ދެކޮޅަށް ހަނގުރާމައަކަށް ނިކުންނަން ޖެހިދާނެ ހާލަތަކަށް ނުދިއުމެވެ.

އަދި މީގެއިތުރުން ނޭޓޯއިން ވަނީ އެމީހުންގެ އިރުމަތީ ސަރައްހަދުގައި އޮންނަަ ގައުމުތަކަށް ހާއްސަ ސަމާލުކަމެއް ދޭން ފަށާފައެވެ. މިފަދަ ސަމާލުކަމެއް އެ ގައުމުތަކަށް ދޭން ޖެހުނު ސަބަބެއް ސްޓޮލްޓެންބަރގް ފާހަގަ ކުރައްވާފައެއް ނުވެއެވެ.