އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން މުޙްޔިއްދީން ސްކޫލުގެ ދަރިވަރުންނަށް ލީޑަރޝިޕް ޕްރޮގްރާމެއް މިއަދު ހިންގައިފިއެވެ.

މި ޕްރޮގްރާމްގައި، ކޮމާންޑް ޓާސްކްތަކާއި، ގައުމިއްޔަތު އާލާކުރުމުގެ ކުލާސްތަކާއި، ފަޔަރ އެވެއާނަސް ކުލާސްތަކާއި، ސައިބަރ ސެކިއުރިޓީ ކުލާސްތަކުގެ އިތުރުން، ޓީމް ބިލްޑިންގ ހަރަކާތްތަކާއި ލީޑަރޝިޕްގެ ހުނަރު އިތުރުކުރުމުގެ އެކިއެކި އެކްސަސައިޒްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ މެރިންސްެއާއި ޔުނިޓްތަކުގެ ސިފައިންނެވެ.

މި ޕްރޮގްރާމްގައި އެ ސްކޫލުގެ ޖުމުލަ 65 ދަރިވަރުން ބައިވެރިވިއެވެ.