މާރޗް މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 608 ފޮށި ބެހެއްޓިގެންދާނެ ކަމަށް އިލެކްޝަންސް ކޮނިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ފޮށިތަކުގެ މައުލޫމާތު ހިއްސާކުރަމުން އީސީއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ވޯޓުލުަށް ރާއްޖެއިން ބޭރުގެ 6 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ހަ ގައުމަކީ އިންޑިއާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލޮމްބޯ، ތައިލެންޑުގެ ބެންކޮކް. ޔޫކޭގެ ލަންޑަންގެ އިތުރުން ޔޫއޭއީގެ އަބޫދާބީއެވެ.

މިއިން ކޮންމެ ގައުމެއްގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެއް ފޮއްޓެވެ.

އީސީއިން އިތުރަށް ބުނެފައިވާ ގޮތުގައި މާރޗް 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިހާރު ރަޖިސްޓްރީވެފައިވާ ތަން ބަދަލު ކުރުމަށް ހުޅުވާލައިފާ މުއްދަތުގައި އެހެން ތަނަކަށް ވޯޓުލުން ބަދަލުކުރާ ނިސްބަތުން އަދަދު ތަކަށް ބަދަލު އަައުން އެކަށީގެންވާކަމަށެވެ.