ގއ. ދާންދޫއަކީ ކުށްމަދު އަމާން މާހައުލެއް އޮތް ރަށަކަށް ހެދުމަށާއި ސްކޫލު ދަރިވަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަަސައްކަތުގެ ތެރެއިން، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން ދާންދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދީފިއެވެ.

ފުލުހުން ބުނީ ދާންދޫ ޕޮލިސް ސްޓޭޝަނާއި ރޯޑް ޕޮލިސް ގުޅިގެން މި މަހު 12 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ކުލާހުގައި މަގުމަތީގެ އަދަބުތަކާއި އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި ދަރިވަރުންނަކީ ގަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ވުމަށާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ދަރިވަރުންގެ ކިބައިން ފެނިގެން ނުދާނެގޮތަށް އަމަލުތައް ބެހެއްޓުމަށާއި ފުލުހުން ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ އްބާރުލުން ދިނުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް އެފަރާތުން ބުނެފައިވެެއެވެ.

މި ކުލާހުގައި ދާންދޫ ސްކޫލުގެ ގްރޭޑް 7 އިން ފެށިގެން މަތީގެ 51 ދަރިވަރުން ބައިވެރިވިއެވެ.