ފިލްމު ޝޫޓިންގެ ތެރެއިން އަނގަމަތި ފަޅައިގެން ދިއުމަށްފަހު ޝާހިދު ކަޕޫރު، ސްކެލެޓަން މާސްކެއްގައި

0

ފިލްމު ޝޫޓިންގެ ތެރެއިން އަނގަމަތި ފަޅައިގެން ދިއުމަށްފަހު ޝާހިދު ކަޕޫރު، ސްކެލެޓަން މާސްކެއްގައި ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.

ނޫސްވެރިން އޭނާގެ ފޮޓޯ ނަގާފައި ވަނީ، ޗާނދީގަޅުގައި ކުރިއަށްދިޔަ ފިލްމު “ޖާޒީ”ގެ ޝޫޓިންގެ ތެރެއިން ލިބުނު އަނިޔާއާ ގުޅިގެން އިތުރު ފަރުވާ ހޯދުމަށާއި ރެސްްޓް ކުރުމަށް، އޭނާގެ އަންހެނުންނާއިއެކު އިއްޔެ އެނބުރި މުމްބައި އަށް އައިތަނުން އެއާ ޕޯޓުންނެވެ.

Advertisements

ޝާހިދަށް އަނިޔާވީ އެ ފިލްމަށް ކްރިކެޓް ކުޅޭ މަންޒަރެއްް ނެގުމުގެ ތެރޭގައި ޕިޗްގައި ޖެހުމަށްްފަހުު ބާރު ސްޕީޑުގައި އައި ބޯޅައިން އަނގަމަތީގައި ޖެހި އޭނާގެ ތުންފަތް ވަރަށް ބޮޑަށް ފަޅައިގެން ގޮސްގެންނެވެ.

މިހާދިސާ ހިނގުމާ ގުޅިގެން ޝާހިދުގެ އަންހެނުން މީރާ ރާޖު ޕޫތު ޝާހިދު ބަލައި ވަގުތުން ޗާނދީގަޅަށް ދިޔައެވެ.

ނޫސްތަކުން ބުނެފައި ވަނީ އިތުރު ފަރުވާ ހޯދުމަށާއި ރެސްޓު ކުރުމަށް ޝާހިދު މުމްބައިއަށް އައީވެސް އަންހެނުންގެ އެދުމުގެ މަތިން ކަމަށެވެ.

Advertisements