ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ސަރބިއާގެ 23 ވަނަ ގައުމީދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފިއެވެ.

ސަރބިއާގެ ރައީސް އެލެކްސަންޑަރ ވުޗިޗްއާއި އެގައުމުގެ ބޮޑުވަޒީރު އާނާ ބަރްނަބިޗްއަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެމަނިކުފާނުގެ އިހުލާސްތެރި ހެޔޮއެދުންތައް އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވައި، ކުރިއަށްއޮތް އަހަރުތަކުގެ އުފާވެރިކަމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ