މެޑަމް ލައިލާގެ ކުރީގެ ބޮޑީގާޑަށް ވަޒީފާދޭން ހުކުމް ކޮށްފި

0

ސިފައިންގެ ވަޒީފާ އިން ވަކިކުރި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑަކަށް އުޅުނު އަހްމަދު ފައްތާހަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ފައްތާހު ވަޒީފާ އިން ވަކިވި ދުވަހުން ފެށިގެން އެއް އަހަރުގެ ދުވަހަށް ޖެހޭ މުސާރަ އާއި އިނާޔާތްތަކާއި ރޯދަމަހުގެ އިނާޔަތާ އެކު، 183،720ރ، މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީ އަށާއި ކަމާބެހޭ އެންމެހައި އިދާރާތަކަށް ވަނީ އަންގާފައެވެ.

މީގެއިތުރުން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އޭނާ ވަކިކުރިއިރު ހުރި މަގާމް ކަމަށްވާ ކޯޕްރަލްގެ މަގާމާއެކު ވަޒީފާ އަނބުރާ ދޭން ވަނީ އަންގާފައެވެ.

2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފައްތާހު ވަޒީފާ އިން ވަކިކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަޒީފާ އިން ވަކިކުރަން ސިފައިންގެ ތެރެއިން ބަޔަކު ހޮވި ކަމުގެ ތުހުމަތުގައެވެ.

 

 

Advertisements